މިއަހަރުގެ ބޮޑު އީދު ގައުމީ ފެންވަރުގައި ފާހަގަކުރާނެ ތިން ރަށެއް ކަނޑައެޅުމަށްޓަކައި، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރަށު ކައުންސިލްތަކަށް ހުޅުވާލައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވީ، ބޮޑު އީދަށް މަސް ދުވަހަށްވުރެ ކުރު މުއްދަތެއް އޮތްއިރު، ކައުންސިލްތަކުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފުރިހަމަ ތިން ރަށެއް ހޮވައި، އެ ރަށްރަށުގައި ކުލަގަދަކޮށް އީދު ފާހަގަކުރާނެ ކަމަށެވެ. މި ސަރުކާރުން ވަނީ ކޮންމެ އަހަރަކުވެސް ގައުމީ ފެންވަރުގައި ތިން ރަށެއްގައި އީދު ފާހަގަކުރުމަށް ނިންމާފައެވެ. އެގޮތުން ނިމިދިޔަ އަހަރު މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ހއ. ކެލާ، ކ. ގުރައިދޫ އަދި ލ. ގަމުގައެވެ.
ކޮމެންޓު ފޮނުވާ