ދިވެހި ފުލުހުންގެ ހިދުމަތާއި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ޒުވާނުންނަށް ހާއްސަކޮށްގެން ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމެއް ފަށައިފިއެވެ.
މިއަދާއި މާދަމާ ކުރިއަށް ގެންދާ އެ ޕްރޮގްރާމަކީ ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެގޮތުން، ތަފާތު އެކި ވަޒީފާތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ރަނގަޅު ދިރިއުޅުމަކަށް ވަޒީފާއަދާ ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް މައުލޫމާތު ދޭނެއެވެ. އަދި ވަޒީފާގައި ކުރިއަށް ދިއުމާއި މަސައްކަތު މާހައުލުގައި އުޅޭއިރު ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކުރާނެއެވެ.
އޭގެ އިތުރުން، ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރާނެއެވެ. އަދި އެ ޑިޕާޓްމަންޓުތަކަށް ޒިޔާރަތްކޮށް، މަސައްކަތްތައް ބަލައިލުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.
22 ޒުވާނަކު ބައިވެރިވެފައިވާ އެ ޕްރޮގްރާމުގައި މައުލޫމާތުދޭނީ ފުލުހުންނެވެ.
ކޮމެންޓު ފޮނުވާ