އަންކިތާ ކައިވެނި ކޮށްފި

އަންކިތާ ކައިވެނި ކޮށްފި

Author
ފާތިމަތު ނާވީ
15 ޑިސެމްބަރ 2021 06:32
0

ސިލްސިލާ ޑްރާމާ ތަކުން އާންމުންގެ މެދުގައި މަގުބޫލު ކަން ހޯދާފައިވާ ތަރި އަންކިތާ ލޯކަންޑޭ އާއި ލޯބިވެރިޔާ ވިކީ ޖެއިން ކައިވެނި ކޮށްފިއެވެ.

މި ދެމީހުންގެ ކައިވެނި އިއްޔެ ބޭއްވިނަމަވެސް ކައިވެނީގެ އުފަލުގައި ބާއްވާ ހަފްލާ އޮތީ މިއަދުވެ. ނަމަވެސް ކޯވިޑްގެ ސަބަބުން މި ހަފްލާ ކުރިއަށް ގެންދަން ނިންމާފައި ވަނީ ވަރަށް ޕްރިވެޓް ކޮށެވެ. އާންމުގޮތެއްގައި ބޮލީވުޑްގެ ތަރިންގެ ކައިވެނީގެ ރިސެޕްޝަން ބޭއްވުމަށް ބޮޑު ހަފްލާއެއް ކައިވެންޏަށް ފަހު ބާއްވައެވެ.

ހިންދޫއިންގެ އާދަކާދަތަކާ އެއްގޮތަށް ކުރިއަށް ގެންދިއަ މި ކައިވެނީގެ ކަންތައްތައް މީގެ ހަފްތާއެއް ކުރިން ވަނީ ފަށާފައެވެ. އޭގެ ތެރޭގައި މެހެދީ ސެރަމޮނީ އާއި ސަންގީތު ވަނީ ކުރިއަށް ގެންގޮސްފައެވެ.

 

View this post on Instagram

 

A post shared by Ankita Lokhande (@lokhandeankita)

އަންކިތާ އާންމުގެ މެދުގައި މަގުބޫލު ވެގެން ދިއައީ ޑްރާމާ ސިލްސިލާ "ޕަވިތުރާ ރިޝްތާ" އިންނެވެ. އަންކިތާ ވަނީ މި ޑްރާމާގެ ލީޑް ރޯލުން ފެނިގެން ގޮސްފައެވެ. އަދި ހަމައެހެންމެ އޭނާއާއެކު މި ޑްރާމާ އިން ފެނިގެންދިޔަ އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތާއި އަންކިތާ ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުނެވެެ. ސުޝާންތު ވަނީ މިދިއަ އަހަރު ދަންޖެހިގެން މަރުވެފައެވެ.

އަންކިތާ ވަނީ 2019 ވަނަ އަހަރު ފިލްމު "މަނިކަރްނިކާ" އިން ބޮލީވުޑަށް ނުކުމެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.