މާލޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އޮފީހުން ވަގަށް ނެގި ތަކެތި ހޯދައިފި

މާލޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އޮފީހުން ވަގަށް ނެގި ތަކެތި ހޯދައިފި

Author
މުޙައްމަދު ޖިމީ
14 ޑިސެމްބަރ 2021 10:49
0

މާލޭ ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އޮފީހުން ވަގަށްނަގާފައިވާ ތަކެތި ފުލުހުން ހޯދައިފިއެވެ.

މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު ހުށަހެޅި އެ މައްސަލައާ ގުޅިގެން އެ ތަކެތި ހޯދާފައިވަނީ ޑިސެމްބަރ 13 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތި ހޯދާފައިވަނީ މާލޭގެ ހަނި ގޯޅިގަނޑެއްގައި ފޮރުވާފައިހުއްޓައެވެ.

އެގޮތުން، އެ އޮފީހުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ޕްރޮޖެކްޓަރަކާއި ދެ ލެޕްޓޮޕާ އަދި ލެޕްޓޮޕްގެ ދެ ޗާޖަރު ހޯދާފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ. މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންދށާކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.