ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަ ވެއްޖެ

ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަ ވެއްޖެ

Author
ހުސެއިން
14 ޑިސެމްބަރ 2021 05:05
0

ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަ ވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރު، ހުސައިން ވަހީދު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިރޭ މެންދަމު 1:30 ހާއިރުކަމަށް މައުލުމާތު ލިބިފައި ވެއެވެ. ހުސެއިންވަނީދު ވަނީ ގިނަ ދުވަސްތަނެއް ވަންދެން ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާފައެވެ.

މީގެ ކުރީން ދުބާއީގައިވެސް ހުސައިން ކެންސަރުގެ އާލާސްކަންފުޅަށަ ފަރުވާ ހޯއްދަވާފައި ވާއިރު، އަވަހާރަވެފައ ވަނީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވުމާއި ގުޅިގެން އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ފާއިތުވެދިޔަ ދޮޅު އަހަރެއްހާ މުއްދަތުގައު ކެންސަރުގެ އާލާސްކަންފުޅުގެ ފަރުވާއަށް ހުސެއިންވަހީދު ވަނީ ރާއްޖެއިން ބޭރުގައި ހުންނަވާފައެވެ. ފަރުވާއަށް ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ހުސެއިން ވަހީދުވަނީ މިއަހަރު މާޗްމަހު އޮތް ރައްޔިޔުންގެ މަޖިލިހުގެ ޖަލްސާއެއްގައި ބައިވެރިވެ ވަޑައިގެންފައެވެ.

ހުސައިން އަވަހާރަވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ގޮތުން އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި ސަރުކާރުގެ އިސްވެެރިން ގެންދަވަނީ ތައުޒިޔާ ވިދާޅުވަމުންނެވެ.

ހުސައިން ވަހީދުގެ ދުނިޔޭގައި ތިއްބެވީ ތިން ބޭފުޅެކެވެ. އެއީ ފިރިހެން ބޭފުޅަކާއި ދެ އަންހެން ބޭފުޅެކެވެ. ހުސެއިން ވަހީދުގެ އަނބިކަނބަލުންވެސް ދުނިޔޭގައި އެބަ ހުންނެވިއެވެ.

ހުސެއިން ވަހީދުވަނީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް އިންތިޚާބު ވެވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގޮމަކަސްތޫރި
މަރްޙޫމް ޙުސައިން ވަޙީދުގެ ފުރާނަފުޅަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި. ،، އާމީން ،،