ސަލީމް، ފައިސަލަށް: ޕީޕީއެމްއަކީ ކުރީ ސަރުކާރުތަކުން އަޅާފައިވާ އިމާރާތްތައް ތަޅާލާނެ ބައެއްނޫން

ސަލީމް، ފައިސަލަށް: ޕީޕީއެމްއަކީ ކުރީ ސަރުކާރުތަކުން އަޅާފައިވާ އިމާރާތްތައް ތަޅާލާނެ ބައެއްނޫން

Author
މުޙައްމަދު ޝަޒައިމް
13 ޑިސެމްބަރ 2021 04:36
0

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ މިސްރާބަކީ ގައުމުގެ ހަމަޖެހުން ގެއްލޭ ގޮތަށް، މުއައްސަސާތަކަށް އަތްބާނައި ފުރާޅުން ޓިނު ނެގުން ފަދަ ހުތުރު ކަންކަން ކުރުން ނޫން ކަމަށްވިދާޅުވެ ނައިބް ރައީސް ފައިސަލް ނަސީމް ދެއްކެވި ވާހަކަތަކަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ސަލީމް ރައްދު ދެއްވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ސްޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ހިނގައިދިޔަ ކަންތައްތަކުގައި ވަނީ ސްޕްރީމް ކޯޓުން ޓިނު ނަގައި ފަނޑިޔާރުން އެކަހެރިކޮށްފައެވެ. މިގޮތަށް ކަންކަން ކުރައްވަން ޖެހުނު ސަބަބުން އެންމެފަހުން ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ނައިބް ރައީސް ފައިސަލް ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުން ސަލީމް ވިދާޅުވީ ޕީޕީއެމްއަކީ ކުރީ ސަރުކާރުން އަޅާފައި ހުންނަ އިމާރާތްތައް ތަޅާ ބިމާހަމަކުރާނެ ބައެއް ނޫންކަމަށެވެ. އަދި އެފަދަ މުޑުދާރު އަމަލުތައް ކުރުމަކީ އެއްގޮތަކަށްވެސް ޕީޕީއެމްއިން ތާއީދު ކުރާނެ ކަމެއްނޫންކަމަށް ސަލީމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ސަރުކާރަކީ ކުރީގެ ސަރުކާރުން އަޅާފަ ހުންނަ ހުރިހާ އިމާރާތެއް އަޅާލަން ވިސްނާނެ ބައެއްނޫން. އެއީ ވަރަށް މުޑުދާރު ހުތުރު އަމަލެއް.

– ސަލީމް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެތައް ބައެއްގެ ބޯހިޔާވަހިކަން ފަހިކުރުމަށް އެޅި ހިޔާޕްލެޓްތައް ތަޅާލުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައިވަނީ މިސަރުކާރުގެ ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމެވެ. އެމަނިކުފާނަށް އެކަނި ނިންމޭ ނިންމުމެއްނަމަ ހިޔާ ފްލެޓްތައް ތަޅާލީސްކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވަނީ ރައިސް ޔާމީން ސަރުކާރުގެ ހިޔާ މަޝްރޫޢުގެ އެއްކޮޓަރީގެ އެޕާޓްމަންޓްތައް ފެނިއްޖެތޯއެވެ.

އެ ސުވާލުގެ ޖަވާބު ދެއްވަމުން ހިތްޕުޅު ހަމަނުޖެހުމާއެކު މިނިސްޓަރ އަސްލަމް ވިދާޅުވީ، ހިޔާ ފްލެޓްތަކަކީ މުޅި އައްޑޫ ސިޓީގެ އާބާދީއާއި އެއްވަރުގެ އާބާދީއެއް އެއްތަންކޮޅަށް ޖަމާކުރުވަން ހިންގާފައިވާ މަޝްރޫޢުއެއްކަމަށެވެ. އެއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށާއި، އެތަނަކީ ކޮތަރުކޮއްޓެއްހާ ކުޑަ ތަންކޮޅެއްކަމަށް ވިދާޅުވުމުން އެމަނިކުފާނަށް ހެއްދެވި ނުހެއްދެވިއަށް ބައެއް ފަރާތްތަކުން ގޮވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
7000 ފްލެޓްގެ 16 ޓަވަރު ރައީސް ޔާމިންގެ ސަރުކާރުން އިމާރާތް ކޮށްފައިވަނީ، 30،000 އަށްވުރެ ގިނަ އާއިލާއަށް ބޯހިޔާވަހިކަން ހޯދާދީ، މާލެއާއި ރާއްޖޭގެ އެކި ރަށްތަކަށް ކުރިމަތިވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލައަށް އެކަށީގެންވާ މިންވަރުގެ ހައްލެއް ހޯދާދިނުމަށެވެ.

ހިޔާ ފްލެޓްތަކުގައި މިހާރު މީހުން އާބާދުވާން ވަނީ ފަށާފައެވެ. އަދި ހިޔާ ފްލެޓާއެކު ދިރިއުޅުމަށް ބަދަލުތަކެއް އައިސްފައިވާކަމަށްވެސް އެ އާއިލާތަކުން ބުނެފައިވެއެވެ. ހިޔާ ފްލެޓް ސަރުކާރުން ެ ފެލްޓް ލިބުނު މީހުންނާއި ހަވާލުކޮށްފައިވާއިރު، އެތަން ދިނީ ފިނިޝިންގެ މަސައްކަތް ނުނިންމާކަމުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.