ގދ.ތިނަދޫ ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފިއެވެ.
މިމަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢު ހިންގަމުންދާ އެމްޓީސީސީންނެވެ.
އެމްޓީސީސީން ބުނެފައިވަނީ ތިނަދޫ ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 64 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި އޯޕީޑީ އިމާރާތުގައި އެއަރ ކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް މިމަހުގެ 9 ވަނަ ދުވަހު ވަނީ ފަށާފައި ކަމަށެވެ.
ގދ. ތިނަދޫ ޑރ. ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 64 ޕަސެންޓް ނިމިއްޖެ. އަދި އޯޕީޑީ އިމާރާތުގައި އެއަރ ކޮންޑިޝަން ހަރުކުރުމުގެ މަސައްކަތް 09 ޑިސެމްބަރ 2021 ވަނަ ދުވަހު ވަނީ ފަށާފައި.#MTCCProjects #RayyithungeKunfuni pic.twitter.com/CpvlYd85jC
— MTCC Plc (@MTCCPlc) December 12, 2021
މި މަޝްރޫޢުގެ ދަށުން އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމުގެ އިތުރުން އިމަރޖެންސީ ރޫމް މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 33.5 މިލިއަން ރުފިޔާގެ މަޝްރޫޢެއް
ކޮމެންޓު ފޮނުވާ