"އިންޑިއާ އައުޓު" ކެމްޕޭން ދެނެއް ނުހުއްޓުވޭނެ: އަދުރޭ

"އިންޑިއާ އައުޓު" ކެމްޕޭން ދެނެއް ނުހުއްޓުވޭނެ: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
11 ޑިސެމްބަރ 2021 11:11
0

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ އިންޑިއާ މިލިޓަރީ ސިފައިން "އިންޑިއާ އައުޓު" ކެމްޕެއިން ދެނެއް ނުހުއްޓުވޭނެކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ދަނީ އިންޑިއާ އައުޓު ނަމުމުގައި ބޮޑު ހަރަކާތެއް ހިންގަމުންނެވެ. މާލެއާއި އަތޮޅު ތެރޭގައިވެސް ހިންގާ މިހަރަކަތުގައި ގިނަ އަދަދެއްގެ ބަޔަކު ދަނީ ބައިވެރިވަމުންނެވެ. އިދިކޮޅު ކޯލިޝަނުން ހިންގާ މިހަރަކާތް ސަރުކާރުން ދަނީ ވަރަށް ބޮޑަށް ކުށްވެރި ކުރަމުންނެވެ. އަދި މިއީ ރާއްޖެއާއި އިންޑިއާއި އޮތް ގުޅުމަށް ބުރޫ އަރުވައި، ވަކި މަޤްސަދެއްގައި ހިންގަމުންދާ ކެމްޕެއިނެއްކަމަށް ވަނީ ބުނެފައެވެ.

އިންޑިއާ އައުޓް ކެމްޕެއިން ހިންގުމުގައި އުޅުއްވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ މިހަރަކާތަކީ ދެން ހުއްޓުވޭނެ ހަރަކާތެއް ނޫންކަމަށެވެ. ދިވެހި އެތައް ރައްޔިތުން މިހަރަކާތާއި ގުޅި އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖެއިން ބޭލުމަށް ހިންގާ ހަރަކާތަކީ މަދު ބަޔަކު ހިންގާ ހަރަކާތެއްކަމަށް ބުނި ނަމަވެސް މިހާރު މިއީ ކިހާ ބަޔަކު ހިންގާ ކިހާބޮޑު ހަރަކާތެއްކަން ސަރުކާރަށް އެނގޭނެކަމަށެވެ.

ރައީސް ސޯލިހު ރުޅި އައިސްގެން ދެފައި ތުރުތުރު އަޅާވަރުން ކޮޅަށް ނުހުރެވުނަސް އިންޑިޔާ އައުޓް ކެމްޕެއިންދާނީ ކުރިއަށް. އެއީ ދިވެހި ރައްޔިތުންގެ ކެމްޕެއިނެއް. ރައްޔިތުންނަކީ ކުށްވެރިންކަމަށް ސޯލިހު ބުނުމަކުން ހައިރާނެއްނުވޭ! 19 ދިވެހިން ޝަހީދުކޮށްލީ ސޯލިހުގެ ބަފައިބެ އިސްވެހުރެދޯ؟ ކޮބާލަދު؟

– އަދުރޭ ވިދާޅުވިއެވެ.

އިންޑިއާ އައުޓު ހަރަކާތަކީ ފާއިތުވެދި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިދިކޮޅު ސިޔާސީ ހަރަކާތްތަކުގެ އެންމެ ވަރަގަދަ އަސާސެވެ. މި ސަރުކާރުން އިންޑިއާ ސިފައިންނާ އެކީ ކޮށްފައިވާ އެގްރީމަންޓްގެ އަސްލުތައް ހޯދުމަށާއި، އަދި އިންޑިއާ ސިފައިން ދާއިމީ ގޮތެއްގައި ރާއްޖޭގައި ތިބުމުގެ މަގު ފަހިވެފައިވާކަމަށް ބުނެ، އިދިކޮޅު ޕާޓީން ކުރިޔަށްގެންދިޔަ ހުރިހާ ސިޔާސީ ހަރާކާތެއްގައިވެސް ވަނީ މި ގައުމު އަޅުވެތި ކޮށްފައިވާ ކަމަށް ވަކާލާތުކޮށް، ގައުމުގެ މިނިވަންކަން މިސަރުކާރުން ގެއްލުވާލާފައިވާ ކަމަށް ގިނަބަޔަކަށް ވިސްނޭ މިންވަރަށް މި ހަރަކާތްތައް ކުރިޔަށް ގެންގޮސްފައެވެ.

ނަތީޖާއެއްގެ ގޮތުން، ރައީސް ޔާމިން ޖަލުގައި ހުންނެވި ދެ އަހަރެއްހާ ދުވަހުގެ މުއްދަތުގައި އިދިކޮޅު ޕީޕީއެމްއިން ކުރިޔަށް ގެންދިޔަ އިންޑިއާ އައުޓުގެ ހަރަކާތަށް ތާއީދުކޮށް، ޕީޕީއެމްއަށް ތާއީދު ނުކުރާ އެތައް ބަޔަކުވެސް ވަނީ، މިހަރަކާތާއި ގުޅި، އަދި މިހަރަކާތައްވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާ ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.