އަންނަ އަހަރު ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު 4 ދުވަހެއް ކަނޑައަޅައިފި

އަންނަ އަހަރު ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު 4 ދުވަހެއް ކަނޑައަޅައިފި

Author
މުޙައްމަދު ޖިމީ
08 ޑިސެމްބަރ 2021 10:14
0

އަންނަ އަހަރު ސަރުކާރުގެ ބަންދު ދުވަސްތަކެއްގެ ގޮތުގައި އިތުރު ދުވަސްތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެންނެވުމަކުން ވަނީ އަންނަ އަހަރުގެ 4 ދުވަހެއް ބަންދުކުރުމަށް ކަނޑައަޅުއްވާފައެވެ.

އެގޮތުން ބަންދުކުރައްވާފައިވާ ދުވަސްތަކުގެ ތެރޭގައި:

5 މޭ 2022 (ބުރާސްފަތި)
13 ޖުލައި 2022 (ބުދަ)
14 ޖުލައި 2022 (ބުރާސްފަތި)
28 ޖުލައި 2022 (ބުރާސްފަތި)

މި ދުވަސްތައް ބަންދުކޮށްފައިވަނީ ޢީދު ބަންދުތަކާއި މިނިވަން ދުވަހާ ގުޅިގެންނެވެ.

ސަރުކާރުން ފާހަގަކުރާ ރަސްމީ ދުވަސްތަކާއި ގުޅިގެން މީގެ ކުރިންވެސް މިފަދަ ދުވަސްތައް ބަންދުކުރަމުންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.