ށ.ފޯކައިދޫ ބަނދަރު މަސައްކަތުގެ 50 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި ނެރު ފުންކުރުމުގެ މަސައްކަތުގެ 91 ޕަސެންޓް ނިމިފައިވާކަމަށެވެ. ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރަނީ އެމްޓީސީސީގެ ފްލީޓްގެ އެންމެބޮޑު އެކްސްކަވޭޓަރ ބޭނުންކޮށްގެން.
މި އެކްސްކަވޭޓަރ ގެ ސަބަބުން މަސައްކަތުގެ ސްޕީޑް އެތައްތަނެއް އަވަސްވެގެންދާއިރު، މި އެކްސްކަވޭޓަރގައި 70 ޓަނުގެ ކެޕޭސިޓީ ހުންނަ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިއްޖެ. އަދި ނެރު ފުންކުރުމުގެ މަސައްކަތުގެ 91 ޕަސެންޓް ނިމިއްޖެ. ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރަނީ އަޅުގަނޑުމެންގެ ފްލީޓްގެ އެންމެބޮޑު އެކްސްކަވޭޓަރ ބޭނުންކޮށްގެން.#MTCCProjects pic.twitter.com/bBqbMrfa1z
— MTCC Plc (@MTCCPlc) December 6, 2021
މި މަޝްރޫޢުގެ ދަށުން 39,995 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 1800 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ މިހާރު ބޭނުންކުރަމުންދާ ހާބަރ ބޭސިން ފުންކުރުމާއި، 4000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި،507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.
އަދި 2320 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި އާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 52.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓު ފޮނުވާ