ކުޅުދުއްފުށި ގަރާޖެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް

ކުޅުދުއްފުށި ގަރާޖެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް

Author
މުޙައްމަދު ޝަޒައިމް
03 ޑިސެމްބަރ 2021 10:17
0

ކުޅުދުއްފުށި ގަރާޖެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފި.

ހދ. ކުޅުދުއްފުށީގައި ހުންނަ "މެސްކޮޓް ގަރާޖް" ގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.

މެސްކޮޓް ގަރާޖްގައި ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންއަށް ލިބިފައިވަނީ ރޭ 02:48 ހާއިރުއެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުންވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. މިގޮތުން ފަޔަރަފައިޓަރުން އެސަރަހައްދަށް ގޮސް ކުރި މަސައްކަތުން ރޭ 03:45 ހާއިރު ވަނީ އަލިފާން ނިއްވާލާފައެވެ.

ނަމަވެސް އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ދުން އަރާތީ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ މިއަދު ހެނދުނު 06:30 ހާއިރު އެ ސަރަހައްދަށް ގޮސް އެތަނަށް ފެން ޖަހާ ދުންގަނޑު ކޮންޓްރޯލް ކޮށްފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އަލިފާން ރޯވި ގަރާޖަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.