އިރާނުގެ ނިއުކުލިއަރ މަޝްވަރާތައް ވަގުތުން ހުއްޓާލުމަށް ގައުމުތަކަށް އިސްރާއީލުން ގޮވާލައިފި

އިރާނުގެ ނިއުކުލިއަރ މަޝްވަރާތައް ވަގުތުން ހުއްޓާލުމަށް ގައުމުތަކަށް އިސްރާއީލުން ގޮވާލައިފި

Author
ހުސެއިން
02 ޑިސެމްބަރ 2021 04:29
0

ދުނިޔޭގެ ބާރުގަދަ ގައުމުތަކުން އިރާނާއެކީ ކުރިޔަަށް ގެންދާ އެގައުމުގެ ނިއުކުލިއަރ ހަކަތައާއި ގުޅޭ މަޝްވަރާތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލުން ގޮވާލައިފިއެވެ. އިސްރާއީލުން މިގޮތަށް ގޮވާލާފައިވަނީ، ދުނިޔޭގެ އެޓޮމިކް ހަކަތައާއި ބެހޭ އޭޖެންސީން، އިރާނުން އެޑްވާންސްޑް ސެންޓްރިފިއުޖް ބޭނުން ކޮށްގެން ޔޫރޭނިއަމް މުއްސަދި ކުރަން ފަށާފައިވާކަން ހާމަކޮށްފައިވާ ކަމަށް ބުނެއެވެ.

"މަޝްވަރާގެ އުކުޅުތަކުގައި އިރާނުންދަނީ ނިއުކުލިއަރ ބްލެކްމައިލްގެ ބޭނުން ކުރަމުން، އަދި ކުރިޔަށްދާ މަޝްވަރާތައް ވަގުތުން ހުއްޓުމަކަށް ގެނެސް، އަދި ދުނިޔޭގެ ބާރުތަކުން އިރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅައިގެން، އިރާނުގެ މި އަމަލަށް ޖަވާބު ދޭން އެބަޖެހޭ،" އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަންއާއި ގުޅުއްވާ ދެއްކެވި ވާހަކަތަކުގައި ވިދާޅުވިކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުނެފައި ވެއެވެ.

އެމެރިކާއާއި އަދި ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ދަނީ، 2015ގެ ނިއުކުލިއަރ އެއްބަސްވުމަށް ރުޖޫޢަވުމަށް އިރާނަށް ބާރު އަޅަމުންނެވެ. އަދި ވިއެނާގައި މަޝްވަރާތަށް ފެށުމަށް މިހާރު ގައުމުތަކުން ދަނީ ތައްޔާރު ވަމުންނެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓަރަމްޕްވަނީ އޭނާގެ ވެރިކަމުގައި 2015ވަނަ އަހަރުގެ ނިއުލިއަރ އެއްބަސްވުމުން އެމެރިކާ ވަކިކޮށްފައެވެ. އަދި އެއަށްފަހު އިރާނުން ގެންދަނީ، ޔޫރޭނިއަމް މުއްސަދި ކުރަމުންނެވެ. ދުނިޔޭގެ ބާރުތަކުން ތުހުމަތު ކުރަނީ އިރާނުގެ މަގުސަދަކީ ނިއުކުލިއަރ ހަތިޔާރު އުފެއްދުންކަމުގައެވެ. އެހެންނަމަވެސް

އިރާނުން ބުނެފައިވަނީ އެގައުމުން މަސައްކަތް ކުރަމުންދަނީ ސުލްހަވެރި ބޭނުންނަތަކަށް ނިއުކުލިއަރ ހަތިޔާރު އުފެއްދުން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.