ހއ.ދިއްދޫގައި ގެއަކަށް ހުއްދަނެތި ވަން މީހަކު 3 މަސް ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. ދިއްދޫ ދޮންފަތްބަގީޗާގެއަށް ހުއްދަނެތި ވަދެފައިވަނީ އެރަށު މާފޮޅޭގޭ އަލީ ޢިމްރާންއެވެ.
އޭނާގެ މައްޗަށް ދަޢުވާކުރީ 2018 ޖެނުއަރީ 21 ގެ ހަވީރު، ދޮންފަތްބަގީޗާގޭގެ ވެރިފަރާތުގެ ހުއްދަނެތި ވަނުމުން، އެނގިހުރެ ހުއްދަ ނޫންތަނަކަށް ވަނުމުގެ ކުށުގެ ދައުވާއެވެ.
އިމްރާން ވަނީ އެކުށަށް އިޢުތިރާފްވެފައެވެ. އޭނާ އިއުތިރާފްވުމުން، މައްސަލަ ބެއްލެވި ޤާޟީ ޞަފްޢަތު ޙަބީބު ވަނީ 3 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާފައެވެ.
މިދިޔަ ހޯމް ދުވަހު އިއްވާފައިވާމި ހުކުމުގެ ގަޒިއްޔާ ބުނާގޮތުންހުއްދަ ނޫން ތަނަކަށް ވަންނަ މީހާއަށް ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް އޭނާ ކުށަށް އިއުތރާފް ވުމުން އޭނާގެ މައްޗަށް ޙުކުމް އިއްވީ އެއްމަސް އުނިކޮށްފައެވެ.
ކޮމެންޓު ފޮނުވާ