ސައުދީ އަރަބިއާއިން އޮމިކްރޮންގެ ވޭރިއެންޓްގެ ފުރަތަމަ ކޭސް ފެނިއްޖެ

ސައުދީ އަރަބިއާއިން އޮމިކްރޮންގެ ވޭރިއެންޓްގެ ފުރަތަމަ ކޭސް ފެނިއްޖެ

Author
ހުސެއިން
01 ޑިސެމްބަރ 2021 04:01
0

އުތުރު އެފްރިކާގެ ގައުމަކުން ސައުދީ އަރަބިއާއަށް އެތެރެވި ސައުދީ ރައްޔިތަކު އޮމިކްރޮ ކޯވިޑް ވޭރިއެންޓަށް ޕޮޒިޓިވް ވެފައިވާ ކަމަށް، ސައުދީ އަރަބިއާގެ ހަލްތު މިނިސްޓްރީއާއި ހަވާލާދީ ސައުދީގެ ރަސް މީ ޕްރެސް އޭޖެންސީ (SPA) އިން ބުދަ ދުވަހު ރިޕޯޓު ކޮށްފިއެވެ.

ސައުދީ ޕްރެސް އޭޖެންސީން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އޮމިކްރޮން ވޭރިއެންޓަށް ޕޮޒިޓިވް ވީމީހާއާއި އަދި އޭނާއާއި ކޮންޓެކްޓް ވެފައިވާ މީހުންވެސް މިހާރުވަނީ އައިސޮލޭޓް ކުރެވިފައެވެ. އަދި އެއަށްފަހު، އެޕިޑިމިއޮލޮޖިކަލް ތަހުލީލުތައް ކުރެވިގައިވާކަމަށްވެސް ސައުދީ ޕްރެސް އޭޖެންސީންވަނީ ރިޕޯޓު ކޮށްފައެވެ.

ސައުދީ ހެލްތު މިނިސްޓްރީން ވަނީ، "ހުރިހާ ރައްޔިތުންވެސް ކޯވިޑް ވެކްސިން ފުރިހަމަ ކޮށް، އަދި ކޯވިޑުން ރައްކާތެރި ވުމަށް އަޅާފައިވާ ހުރިހާ ފިޔަވަޅުތަކަށް ބޯލަނބާ، އަދި ގައުމުން ބޭރުން އަންނަ ހުރިހާ ފަރާތްތަކުންވެސް ކަރަންޓީން ވުމަށް ހަމަޖައްސާފައިވާ އުސޫލުތަކަށް ތަބާވުމުގެ މުހިންމުކަންވެސް ފާހަގަ ކޮށްފަ،" (SPA)އިން ރިޕޯޓު ކޮށްފައެވެ.

ސައުދީ އަރަބިއާއިން އާދީއްތަ ދުވަހު ވަނީ، މަލާވީއިންނާއި، ޒެމްބިއާއިންނާއި، މަޑަގަސްކަރަ، އެންގޯލާ، ސީޝެލް، އަދި ކޮމޮރޯސްއިން އަންނަން އޮތް ހުރިހާ ފްލައިޓްތަކެއް އޮމިކްރޮން ވޭރިއެންޓް އެގައުމުތަކުގައި ފެތުރެމުންދާތީ، ސަސްޕެންޑް ކޮށްފައެވެ.

އަދި މީގެ އިތުރުން ސައުދީ ސަރުކާރުންވަނީ މި ގައުމުތަކުގެ ރައްޔިތުންވެސް ސައުދީއަށް ވަނުން މަނާ ކޮށްފައެވެ. އެހެންނަމަވެސް މީގެ ތެރޭގައި، ސައުދީ އަރަބިއާއަށް ވަނުމަށް އެގައުމުން އެކަށައަޅާފައިވާ އުސޫލުތަކާ އެއްގޮތް އުސޫލުތައް ގާއިމް ކޮށްފައިވާ ގައުމެއްގައި 14 ދުވަހަށްވުރެ ގިނަ ދުވަސް ކޮށްފައި އަންނަ މީހުން މީގެ ތެރޭގައި ހިމަނާފައެއް ނުވެއެވެ.

ސައުދީ އަރަބިއާގައި މިހާތަނަށްވަނީ، ކޯވިޑް ވެކްސިންގެ 47 މިލިއަން ޑޯޒް ދީފައެވެ. އައި އެގައުމުގެ އާބާދީގެ 22.3 މިލިއަން މީހުންނަށް މިހާރުވަނީ ވެކްސިން ދީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.