3 ޤައުމެއްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ޝާހިދު ތަހުނިޔާ ފޮނުއްވައިފި

3 ޤައުމެއްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ޝާހިދު ތަހުނިޔާ ފޮނުއްވައިފި

Author
މުޙައްމަދު ޖިމީ
03 ނޮވެމްބަރ 2020 11:14
0

ތިން ޤައުމެއްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުތަކުގެ ޚާރިޖީ ވަޒީރުންނަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ތަހުނިޔާގެ މެސެޖް ފޮނުއްވައިފިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ޝާހިދު ތަހުނިޔާ ފޮނުއްވައިވާ ޤައުމުތަކަކީ ޕެނަމާ، މައިކްރޯނީޝިއާ އަދި ޑޮމިނިކާއެވެ. މި 3 ޤައުމުގެ ޚާރިޖީ ވަޒީރުންނަށް މިނިސްޓަރ ޝާހިދު ފޮނުއްވައި ތަހުނިޔާގެ މެސެޖްގައި އެޤައުމުތަކުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި އެޤައުމުތަކުގެ ރައްޔިތުންނާ ސަރުކާރަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވާކަމަށް ވިދާޅުވިއެވެ.

ރާއްޖެއިން ޕެނަމާ އާ ސިޔާސީ ގުޅުން ޤާއިމްކުރީ 10 ޖުލައި 1989 ގައެވެ. އަދި މައިކްރޯނީޝިއާއާ ގުޅުން ޤާއިމްކޮށްފައިވަނީ 24 އޮކްޓޯބަރ 1991 ގައެވެ. ޑޮމިނިކާ އާއިއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 21 ޖުލައި 2004 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.