އެބޯލާ ފެތުރޭތީ އިންޑިއާއަށް ދަތުރުކުރާ މީހުން އޮންލައިންކޮށް ހެލްތު ފޯމު ފުރަން އަންގައިފި

އެބޯލާ ފެތުރޭތީ އިންޑިއާއަށް ދަތުރުކުރާ މީހުން އޮންލައިންކޮށް ހެލްތު ފޯމު ފުރަން އަންގައިފި

Author
އަހުމަދު
28 ޖޫން 2026 05:17
0

އެފްރިކާގައި ހަލުވިކަމާއެކު އެބޯލާ ފެތުރެމުންދާތީ، އިންޑިއާއަށް އެތެރެވާ ހުރިހާ ދަތުރުވެރިން "ހެލްތު ޑިކްލަރޭޝަން ފޯމް" އޮންލައިންކޮށް ހުށަހަޅަން އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަނުން އަލަށް ތައާރަފުކުރި "އެއާ ސުވިދާ 2.0″ ޕޯޓަލް މެދުވެރިކޮށް، ފްލައިޓަށް އެރުމުގެ 24 ގަޑިއިރު ކުރިން މި ފޯމު ފުރަން ޖެހޭނެއެވެ. އިންޑިއާއިން މި ފިޔަވަޅު އަޅާފައިވަނީ މެދުތެރޭ އެފްރިކާގައި ފެތުރެމުންދާ އެބޯލާ އަކީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައެޅުމާ ގުޅިގެންނެވެ.

މި ފޯމުގައި މައިގަނޑު ގޮތެއްގައި ހިމަނަން ޖެހެނީ ފާއިތުވި 21 ދުވަހު ދަތުރުކުރި ގައުމުތަކުގެ މައުލޫމާތާއި، އެބޯލާ ފެތުރޭ ސަރަހައްދަކަށް ގޮސްފައިވޭތޯ ނުވަތަ ބަލިމީހަކާ ކޮންޓެކްޓުވެފައިވޭތޯ އަދި ހުން އައުން ފަދަ ބަލީގެ އެއްވެސް އަލާމާތެއް ހުރިތޯއެވެ. އިންޑިއާ ރައްޔިތުން ހިމެނޭހެން ކޮންމެ ގައުމެއްގެ މީހަކު ވެސް މި ފޯމު ފުރަން ޖެހޭއިރު، މިހާރު ވެސް ފުރަމުންދާ އީ-އެރައިވަލް ކާޑު ވެސް ކުރިއެކޭ އެއްގޮތަށް އޮންލައިންކޮށް ހުށަހަޅަން ޖެހޭނެއެވެ.

އޮންލައިންކޮށް ފޯމު ހުށަހެޅުމަށްފަހު އެ ފޯމު ޑައުންލޯޑްކޮށް، އިންޑިއާއަށް އެތެރެވާއިރު އިމިގްރޭޝަން ނުވަތަ ހެލްތު ޑެސްކަށް ދައްކަން ޖެހޭނެއެވެ. މިއާއެކު އެއާޕޯޓުގައި ކަރުދާސް ފޯމެއް ފުރާކަށް ނުޖެހޭނެއެވެ. މި ޑިޖިޓަލް ނިޒާމުގެ ސަބަބުން ކަމާބެހޭ އިދާރާތަކަށް ދަތުރުވެރިންގެ މައުލޫމާތު ވަގުތުން ލިބި، ބަލީގެ ނުރައްކާ އޮތް މީހުން ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަވަހަށް އެޅުމަށް މަގުފަހިވެގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.