އައްޑޫ ހުޅުދޫގައި ހުމާއި އިންފްލުއެންޒާ ފެތުރޭތީ ސަމާލުވުމަށް އަންގައިފި

އައްޑޫ ހުޅުދޫގައި ހުމާއި އިންފްލުއެންޒާ ފެތުރޭތީ ސަމާލުވުމަށް އަންގައިފި

Author
އަހުމަދު
28 ޖޫން 2026 05:19
0

އައްޑޫ ސިޓީ ހުޅުދޫގައި ވައިރަލް ހުމާއި އިންފްލުއެންޒާ ހަލުވިކަމާއެކު ފެތުރެމުންދާތީ، އެކަމަށް ރައްކާތެރިވެ ސަމާލުވުމަށް އެ ރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

ހުޅުދޫ ކައުންސިލުން އާންމުކުރި ސަމާލުގައި ބުނެފައިވަނީ، މި ބަލިތަކުން މުޖުތަމައުއާއި އާއިލާތައް ސަލާމަތްކުރުމަށްޓަކައި ފަރުދީ ޒިންމާ އަދާކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މިވަގުތު ވަރަށް މުހިންމު ކަމަށެވެ. ޚާއްޞަކޮށް ބަލީގެ ނުރައްކާ އެންމެ ބޮޑުވެދާނެ ފަރާތްތައް ކަމަށްވާ ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ދިގު މުއްދަތަށް ބޭސްކުރާ މީހުންނަށް ޚާއްޞަ ސަމާލުކަމެއް ދީގެން ފިޔަވަޅުތައް އެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.