ޕީއެންސީގެ ނާއިބު ރައީސް ޝުޖާޢު ފުލުހުން ހައްޔަރުކޮށްފި

ޕީއެންސީގެ ނާއިބު ރައީސް ޝުޖާޢު ފުލުހުން ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
03 ނޮވެމްބަރ 2020 10:13
0

"ބަޑި ބުރާސްފަތި" ގެ ނަމުގައި ނަސްރުގެ ދުވަސް ފާހަގަކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންކްރެސް ކޯލިޝަނުން ކުރިއަށްގެންދާ އިހުތިޖާޖުގައި ޕީއެންސީގެ ނާއިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ޝުޖާޢު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ޝުޖާޢުގެ އިތުރުން ޕީއެންސީގެ ކައުންސިލް މެންބަރު ނަބީލް ޒަމީލް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އިދިކޮޅު ފަރާތްތަކުން ޕީޕީއެމް އޮފީސް ކުރިމަތީގައި ކުރިއަށްގެންދާ ހަރަކާތުގައި ޕީޕީއެމް ޕީއެންސީގެ އިސްސަފުގައި އުޅުއްވާ ބޭފުޅުންނާއި، އިދިކޮޅު މަޖިލިސް މެންބަރުންވެސް ހިމެނެއެވެ. އަދި ޕީޕީއެމް ޕީއެންސީގެ ސަޕޯޓަރުންވެސް އެކިޝިއާރު ފާޅުކޮށްފައިހުރި ބޯޑުތައް ހިފައިގެން އެސަރަހައްދުގައި ގެންދަނީ އިހުތިޖާޖުކުރަމުންނެވެ.

"ބަޑި ބުރާސްފަތި" ގެ ނަމުގައި ނަސްރުގެ ދުވަސް ފާހަގަކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ބާއްވަން ކުރިން ނިންމި ހަރަކާތް ޕީޕީއެމް އޮފީސް ކުރިމަތީގައި ބާއްވަން ނިންމީ ކާނިވާ ސަރަހައްދުގައި އެހަރަކާތް ކުރިއަށްގެންދަން ހުއްދަ ނުލިބުމުންނެވެ.

1988 ވަނައަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަދުވަހު ދިވެހިންގެ ތެރެއިން ޤައުމަށް ޣައްދާރުވި ބަޔަކު އިސްވެތިބެ ސްރީލަންކާގައި އުޅުނު ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ، ތަމަޅަ ޓައިގަރުންގެ ބަޔަކާ ގުޅިގެން ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް، މާލެއަށް ހަތިޔާރާއެކު އަރައިގަނެ، ދިވެހިންގެ ތެރެއިން އެތައް ބަޔަކު ޝަހީދުކޮށްލާފައިވާ ހާދިސާއާއި ގުޅިގެން ބާއްވާ މިޖަލްސާގައި ވާހަކަދެއްކި އިދިކޮޅު ފަރާތްތަކުން ވަނީ މިސަރުކާރުން ގައުމަށް ޤައްދާރުވި މީހުންނަށް ހިމާޔަތް ދެމުން އަންނަކަމަށް ތުހުމަތުކޮށް ވާހަކަދައްކާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.