އާ ވޭރިއެންޓް އުފަންވީ، ވެކްސިންޖަހަން ފަސްޖެހުމާއި، ވެކްސިން ޖެހުމުގައި ތަފާތުކުރުން ބޮޑުވެގެން: ސައިންސްވެރިން

އާ ވޭރިއެންޓް އުފަންވީ، ވެކްސިންޖަހަން ފަސްޖެހުމާއި، ވެކްސިން ޖެހުމުގައި ތަފާތުކުރުން ބޮޑުވެގެން: ސައިންސްވެރިން

Author
ހުސެއިން
28 ނޮވެމްބަރ 2021 07:38
0

ކޯވިޑް19ގެ ބޮޑެތި ރާޅުތަކަށްފަހު، ފާއިތުވެދިޔަ އަހަރު ދުނިޔޭގެ ބައެއް ގައުމުތަކުންވަނީ އެގައުމުތަކަށް އެކަށީގެންވާ ވަރަށް ކޯވިޑް19 ވެކްސިން އީޖާދުކޮށް އަދި އެތައް ފަހަރަކަށް އާބާދީއަށް ވެކްސިން ޖެހޭވަރަށް ވެކްސިން ގަނެ ޖަމާވެސް ކޮށްފައެވެ. އަދި ހަމަ އެއާއެކު އެގައުމުތަކުގެ އާބާދީއަށް ފުދޭވަރަށް ވެކްސިން ގަނެ، އަދި ބޫސްޓަރ ޑޯޒުތައްވެސް ގަނެ، އެހެންނަމެވސް ދުނިޔޭގެ މުއްސަދި ގައުމުތައް ވަނީ، ދުނިޔޭގެ ފަގީރު ގައުމުތަކަށް ވެކްސިން އެކަށީގެންވާ މިންވަރަކަށް ފޯރު ކޮށްދިނުމަށް ވެފައިވާ ވައުދުތައް ފުއްދައި ދިނުމަށް ފަސްޖެހިފައެވެ.

އަދި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެފައިވަނީ، ދުނިޔޭގެ މުއްސަދި ގައުމުތަކުން ގެންގުޅެފައިވާ މި ސިޔާސަތަކީ، ކޯވިޑާއި ދެކޮޅަށް ހަގުރާމަ ކުރުމުގައި އަމިއްލައަށް ފެއިލް ވުމާއި، އަދި އަދާ ކުރަންޖެހޭ ޒިންމާތަކަށް އިހުމާލު ވުމެއް ކަމުގައެވެ.

ސިއްޙީ ތަޖުރިބާކާރުން މިހާރު ވިދާޅުވަމުންދަނީ، ދުނިޔޭގެ ގައުމުތަކުގެ މި ސިޔާސަތުގެ ނުރައްކާތެރިކަން އެ ގައުމުތަކާވެސް އަދި ކިރިޔާ ކުރިމަތިވާން ފެށީ ކަމުގައެވެ. ދުނިޔޭގެ އެންމެ ދަށްކޮށް ވެކްސިންޖަހާފައިވާ ސަރަހައްއްދު ތަކުން، މިހާތަނަށް އުފަންވެގެންއައި ކޯވިޑް19ގެ އެންމެ ނުރައްކާތެރި ވައިރަސް އުފަންވެގެން އައި އައުން މީގެ ހެއްކަކަށް ފުދޭކަމަށް ސައިންވަރިން ވަނީ ވިދާޅުވެފައެވެ.

އޮމިކްރޯންގެ ނަމުން ނަން ދެވިފައިވާ، އަލަށް އުފަންވި ކޯވިޑް19ގެ ނުރައްކާތެރި ވޭރިއެންޓް އެންމެ ފުރަތަމަ ފެނިފައިވަނީ ދެކުނު އެފްރިކާއިންނެވެ. އެހެންނަމަވެސް، ދެކުނު އެފްރިކާއިން އެންމެ ފުރަތަމައަށް ފެނުނު މި ވޭރިއެންޓަކީ އެގައުމުގައި އުފެދުނު ވޭރިއެންޓެއް ކަމެއް، ނުވަތަ އެގައުމަށް އެތެރެވީ ވޭރިއެންޓެއް ކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.

މިހާތަނަށް ހޯދުނު ހޯދުންތަކުން ސައިންސްވެރިނަށް ޔަގީން ކުރެވިފައިވާ އެއް ކަމަކީ، ވައިރަސް މިއުޓޭޓް ވުންވެސް އަވަސް ވެފައި އަދި ގައިންގަޔަށްވެސް ފަސޭހަކަމާއެކު އެރުން އެންމެ އަކަށީގެންވަނީ ވެކްސިން ޖަހާފައިވާ މިންވަރު ދަށް ހިސާބު ތަކުގައި ކަމެވެ.

އެމެރިކާގެ ސަދަމްޓޮންގެ ސީނިއަރ ރިސާޗް ފެލޯ އިން ގްލޯބަލް ހެލްތު މައިކަލް ހީޑް ވިދާޅުވެފައިވާ ގޮތުގައި، އާ ވޭރިއެންޓެއް ވުޖޫދުވެގެން އައުމަކީ، ދުނިޔޭގެ އާބާދީއަށް ވެކްސިން ޖަހާ ނިންމުން ލަސް ވެގެން ދިއުމުގެ ސަބަބުން، އޭގެ ޒާތުގައި ނުކުމެގެން އައި ނަތީޖާއެއް ކަމުގައެވެ.

"އަދިވެސް ވެކްސިން ނުދެވި ދުނިޔޭގެ ބޮޑު އާބާދީއެއް އެބަވޭ، މިސާލަކަށް ސަބް ސަހާރާރަން އެފްރިކާގައި، އަދި މިއީ ސިއްޙީ ކާރިސާއެއް ކުރިމަތި ކުރުވުމަށް ހުރި ފުރުސަތެއް،" އޭނާ ވިދާޅު ވެފައި ވެއެވެ.

ފާއިތުވެދިޔަ ހަފްތާގައި ދެކުނު އެފްރިކާއިން ފެނުނު އޮމިކްރޯން މިހާރު ދަނީ ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރެމުންނެވެ. މިގޮތުން މިހަފްތާގެ އާދީއްތަ ދުވަހާ ހަމައަށް ދުނިޔޭޣެ އެތައް ގައުމަކުންވަނީ މިވޭރިއެންޓް ފެނިފައެވެ. މީގެ ތެރޭގައި، ސައުތު އެފްރިކާއާއި، ބޮޓްސްވާނާއާއި، ޒިންބާބުވޭއާއި، ނެމީބިއާއާއި، ލެސޯތޯއާއި، އެސްވަޓިނިއާއި، މޮޒަމްބީކްގެ އިތުރުން މަލާވީ ހިމެނެއެވެ.

ޚާއްސަކޮށް އެފްރިކާ ބައްރުގެ ގިނަ ގައުމުތަކުން މި ވޭރިއެޓް ފެނިގެން ދިއުމާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުންވަނީ މިގަތަކުން މީހުން އެގައުތަކަށް އެތެރެވުން މަނާ ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.