ރެކްލެމޭޝަން އޮފް 3 ޑިފަރެންޓް އައިލެންޑްސް މަޝްރޫޢުގެ މަސައްކަތް ނިންމާލައިފި

ރެކްލެމޭޝަން އޮފް 3 ޑިފަރެންޓް އައިލެންޑްސް މަޝްރޫޢުގެ މަސައްކަތް ނިންމާލައިފި

Author
މުޙައްމަދު ޝަޒައިމް
25 ނޮވެމްބަރ 2021 09:46
0

"ސެންޓާރާ ނިއު ރިސޯޓްސް މޯލްޑިވްސް، ރެކްލެމޭޝަން އޮފް 3 ޑިފަރެންޓް އައިލެންޑްސް" މަޝްރޫޢުގެ މަސައްކަތް ނިމުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މި މަޝްރޫޢުގެ ދަށުން، ވައްޓަރުފަޅު ފަރުގައި އޮންނަ 3 އާރޓިފިޝަލް ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ހިމެނެއެވެ. މިއިން ކޮންމެ ރަށެއްގައި 7 ހެކްޓަރުގެ ސަރަހައްދެއް އޮވެއެވެ. ލެގޫން އެސެޓްސް ޕްރައިވެޓް ލިމިޓެޑުން މި ކުންފުންޏާއި ޙަވާލުކުރި މި މަޝްރޫޢު އަކީ 29.26 މިލިއަން ޑޮލަރުގެ މަޝްރޫޢުއެކެވެ.

އަދި މި މަޝްރޫޢުގެ މަސައްކަތް ނިމުނީ 24 ނޮވެމްބަރ 2021 ވަނަ ދުވަހުއެވެ. މި މަޝްރޫޢަކީ އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީޚުގައި ބައިނަލްއަޤްވާމީ ކްލައިންޓަކަށް ފުރިހަމަކޮށްދިން އަގުގެގޮތުން އެންމެ ބޮޑު މަޝްރޫޢެވެ.

ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސްގައި އޮތް މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމެވެ. އަދި މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަކްރަމް ކަމާލުއްދީނާއި ޝިފާޒް އަލީއާއި ސެންޓާރާ ގްރޭންޑް އައިލެންޑް އެންޑް ސެންޓާރާ ރަސް ފުށީގެ އޭރިއާ ޖެނެރަލް މެނޭޖަރ މިސް. ޕްރަޕައިޖިޓް ތޮންގްމާއާއި، ނިރާސް އިންޓަރނޭޝަނަލް ކޮންސަލްޓިންގ ގެ ޑައިރެކްޓަރ އޮފް ޕޯޓްސް އެންޑް މެރިޓައިމް މރ. ޖެސްޕަރ ހާރޑަރއާއި ސީއީއޯ އަލްފާޟިލް އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.