އިސްމެޖިސްޓްރޭޓަރަކު އަމިއްލަ ވިޔަފާރިއެއް ކުރައްވަމުންދާކަމަށް ބުނާ މައްސަލައެއް ތަހުގީގްކުރަނީ

އިސްމެޖިސްޓްރޭޓަރަކު އަމިއްލަ ވިޔަފާރިއެއް ކުރައްވަމުންދާކަމަށް ބުނާ މައްސަލައެއް ތަހުގީގްކުރަނީ

Author
މުޙައްމަދު ޝަޒައިމް
24 ނޮވެމްބަރ 2021 09:07
0

ލ.މާވަށު އިސްމެޖިސްޓްރޭޓަރު އަމިއްލަ ވިޔަފާރި ކުރައްވަމުންދާކަމަށް ބުނާ މައްސަލައެއް ތަހުގީގްކުރަން ފަށައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން ބުނެފައިވަނީ ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އިސްމާޢީލް މާހިރު ފަނޑިޔާރުންގެ ޤާނޫނާއި ޙިލާފަށް މަސްލަހަތު އޮތްކަން ހާމަނުކުރައްވައި އަމިއްލަ ވިޔަފާރި ކުރައްވަމުންދާކަމަށް ބުނާ މައްސަލައެއް ތަޙްޤީޤުކުރުމަށް ކޮމިޝަނުގެ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ނިންމާފައިވާކަމަށެވެ.

އަދި މިމައްސަލަ ތަޙްޤީޤުކުރުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލެވިފައިވާކަމަށް ޖޭއެސްސީން ބަނީ ބުނެފައެވެ. ފަނޑިޔާރުންނާއި، މެޖިސްޓްރޭޓުން ވިޔަފާރީގައި އުޅުމަކީ ފަނޑިޔާރުންގެ ޤާނޫނާއި ޚިލާފް ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.