ލަތީފާއި، އަޒީޒުގެ މައްސަލަ ސާބިތުނުވާކަމަށް ޖޭއެސްސީން ނިންމައިފި

ލަތީފާއި، އަޒީޒުގެ މައްސަލަ ސާބިތުނުވާކަމަށް ޖޭއެސްސީން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
23 ނޮވެމްބަރ 2021 06:07
0

ފ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަބްދުއްލަޠީފް ޙަމީދާއި، ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޢަބްދުލް ޢަޒީޒް މޫސާގެ މައްސަލަ ސާބިތުނުވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ބުނެފައިވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން 2019 ނޮވެމްބަރު 26 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ފ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް ޢަބްދުއްލަޠީފް ޙަމީދުގެ ސުލޫކީ މައްސަލަ، ތަޙްޤީޤްކުރެވި އެމައްސަލަ ސާބިތުނުވާކަމަށް ނިންމާފައިވާކަމަށެވެ.

މީގެ އިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން 2019 ނޮވެންބަރު 26 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޢަބްދުލް ޢަޒީޒް މޫސާގެ ސުލޫކީ މައްސަލަ، ތަޙްޤީޤްކުރެވި އެމައްސަލަ ސާބިތުނުވާކަމަށް ވެސް ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން އެކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބެލައި، އެކަންކަމާއިމެދު ދަނީ ފިޔަވަޅު އަޅަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.