ސ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓަށް ފިޔަވަޅު އަޅަން ނިންމައިފި

ސ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓަށް ފިޔަވަޅު އަޅަން ނިންމައިފި

Author
މުޙައްމަދު ޖިމީ
22 ނޮވެމްބަރ 2021 02:57
0

ސ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުޙައްމަދު ހާޝިމްއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ، ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކެއްގެ ޚަޞްމަކާއި އިސްމެޖިސްޓްރޭޓް މުޙައްމަދު ހާޝިމު ސ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ ހައިސިއްޔަތުން ބައްދަލުކޮށްފައިވާކަން ތަޙުޤީޤަށް ސާބިތުވެފައިވާކަމަށެވެ.

އިސްމެޖިސްޓްރޭޓް މުޙައްމަދު ހާޝިމުގެ މި ޢަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކޮށްފައިވާ ޢަމަލަކަށްވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން، ނަޞޭޙަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އިސްމެޖިސްޓްރޭޓް މުޙައްމަދު ހާޝިމުއަށް އެންގުމަށް، 2021 ނޮވެމްބަރު 17 ވަނަ ދުވަހު ބޭއްވުނު އެކޮމިޝަނުގެ މިއަހަރުގެ 86 ވަނަ ބައްދަލުވުމުގައި ނިންމާފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.