އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ލޮޅުން އަރާނެ: އަނދުން ޙުސައިން

އިންޑިއާ އައުޓް ހަރަކާތުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ލޮޅުން އަރާނެ: އަނދުން ޙުސައިން

Author
މުޙައްމަދު ޖިމީ
15 ނޮވެމްބަރ 2021 07:03
0

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ހިންގާ ޤައުމީ ހަރަކާތް "އިންޑިއާ މިލިޓަރީ އައުޓް" ގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ލޮޅުން އަރާނެކަަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ޙުސައިން ޝަމީމް (އަނދުން ޙުސައިން) ވިދާޅުވެއްޖެއެވެ. އަދުން ޙުސައިން މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓަށް ބަހުސްކުރައްވަމުންނެވެ.

އަނދުން ޙުސައިން ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރާއި މަތިންދާބޯޓުތަކުގެ ސަބަބުން ގިނަ ފައިދާތަކެއް ދިވެހިންނަށް ވަމުން އަންނަކަމަށެވެ. އެގޮތުން ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލުމަށް ބެނުންކުރަމުން އަންނައިރު، އެތަކެތީގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ އިންޑިއާއިންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެތަކެތި އަނބުރާ ގެންދަން ގޮވާނަމަ، އެބުރަ އުފުލަންޖެހޭނީ ދިވެހި ދައުލަތަށްކަމަށްވެސް އަދުން ޙުސައިން ވިދާޅުވިއެވެ. އަދި އިންޑިއާ އައުޓް ރައްޔިތުން ގޮވާނަމަ "ނިޢުމަތް"ތަކުން މަހުރޫމްވެދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަނދުން ޙުސައިން މިހެން ވިދާޅުވެފައިވާއިރު، ރާއްޖެއިން އިންޑިއާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން އިންޑިއާ ސިފައިން ރާއްޖޭގައި ދާއިމީކޮށް ތިބޭކަން ވަނީ ހާމަވެފައެވެ. އެގޮތުން މަޖިލީހަށް ޑިފެންސް މިނިސްޓްރީން ހިއްސާ މަޢުލޫމާތުތަކުން އެނގޭގޮތުގައި ރާއްޖޭގައި އިންޑިއާގެ 75 ސިފައިން އެބަތިއްބެވެ.

އަދި ރާއްޖޭގެ ހައިޑްރޯގްރަފީ ސާވޭ ނުވަތަ ކަނޑުގެ އަޑި ޗާޓު ކޮށްގެން، އިންޑިއާއަށް އެ ޗާޓުތައް ބޭރުގެ ފަރާތްތަކަށް ވިއްކުމުގެ ހުއްދަލިބި އޭގައިން ބޮޑު މާލީ ފައިދާއެއް އިންޑިއާއަށް ލިބޭކަންވެސް ވަނީ ހާމަވެފައެވެ.

އިންޑިއާއެކު ވެފައިވާ އެއްބަސްވުމުން ރާއްޖޭގެ އިސްތިޤުލާލަށް ބުރޫއަރާކަމަށް ބުނެ ޤައުމީ ހަރަކާތެއް ވަނީ ފަށާފައެވެ. އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހަރަކާތުގައި ގިނަ ޢަދަދެއްގެ ބަޔަކު ބައިވެރިވެއެވެ. އަދި އެކަން ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަމަށްވެސް ވަނީ އައިސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މުންޖިޗޭ
މަންމަގެ ފައްޓަރުބައި ވިއްކައިގެން ކާ ހިސާބާށް ޤައުމު ގޮސްފިކަމަށް ޤަބޫލުކުރެވޭނަމަ ރައްޔިތުން ޙަވާލުކުރި އަމާނާތް އަދާނުކުރެވުނުކަން ޤަބޫލުކޮށް ދުރުވެގަތުން މާތާހިރު. ލަދެއްް،، ޙަޔާތެއް، އަގަލެއް، ކުލުނެއް ހުރިނަމަ ތިބާވަތުގެ ވާހަކަދައްކާކަށް ނުކެރުނީސް.
B Birubodu
ޑޯނިއާބޯޓްގައި އުފުލާ އެއްލަށްކަ ބަލިމީހުންނަށްވުރެ ކަނޑު އަޑީގެ ޚަޒާނާ ވިއްކާގެން ނަގާ ޑޮލަރު މާގިނަވާނެ އަނދުން ހުސޭނަށް ކޯޗެއް އެނގޭނީ
ބ ބުލްބުލް
ޙެޔޮ ކިތަންމެ ލޮޅުމެއް އެރިޔަސް. ކަލޭމެން ބޮޑު މުސާރަ ބަނޑު އަޅައިގެން ޤައުމަށް ކޮށްދިން ކަމެއްނެތް. ދައުލަތުގެ ބަޖެޓުން އިސްރާފު ކުރަނީ ނިކަމެތި ރައްޔިތުންނެއްނޫން. އެކަންކުރަނީ ނަޝީދު އާއި އޭނާގެ އައުވާނުން އާއި މި ސަރުކާރުން ދެން ކަލޭމެން. ޢިންޑުޔާ މިލިޓަރީ އައުޓް ގޮވުން ނުހުއްޓުވޭނެ.
H Halaaku
ލޮޅުންއަރާނީމިދަރުކާރެންނޫ ިންޑިޔާސަރުކާރު މިހާރުވެސްރާޖޭގެކަޑުފޅާސުކޫލުހޮސްޕިޓަލްފަދަހުރިހާެެއެއްޗެއްތިއުޅެނީއިންޑިޔާއައްދީގެންނު ތޭޗެހިންނަެްހެޔޮ ރާޖެބަޑަެްޖެހިފާވެސް ިންޑިޔާބަޑުފުރިހޖެއްޔާ ތިއުބުތަކަންވިސްނޭނީކިހިނެއްކޮންގޮތަކުންކޮންދުވަހަކުނބާއޭހިތައްއަރަ ތިގޮޑި ިންޑޮޔާމީހަކަންދީފައަދުން ތެދުވަންވީނު