އަކްޝޭގެ ޕްރިތްވީރާޖްގެ ޓީޒާ ދައްކާލައިފި

އަކްޝޭގެ ޕްރިތްވީރާޖްގެ ޓީޒާ ދައްކާލައިފި

Author
ފާތިމަތު ނާވީ
19 ނޮވެމްބަރ 2021 07:49
0

2017 ވަނަ އަހަރު މިސް ވޯލްޑް ގެ ތާޖު އެޅި މަނޫޝީ ޗިއްލަރު ބޮލީވުޑަށް ތަޢާރަފްވާ ފިލްމު "ޕްރިތްވީރާޖް"ގެ ޓީޒާ ދައްކާލައިފިއެވެ.

މި ފިލްމްއަކީ އިންޑިއާގެ ލެޖެންޑްރީ ވޯރިއާ ޕްރިތްވީރާޖް ޗޯހާންގެ ދިރިއުޅުން އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.

ޔަޝްރާޖް ފިލްމްސް އިން "ޕްރިތްވީރާޖް"ގެ ޓީޒާ ދައްކާލައިފާވާއިރު ފިލްމުގެ ލީޑް އެކްޓަރ އަކްޝޭ ކުމާރު ފެނިގެން ދަނީ ހަނގުރާމައިގެ މައިދާނުންނެވެ. އަދި މި ޓީޒާ އިން ސަންޖޭ ދަތު، މަނޫޝީ އަދި ސޯނޫ ސޫދު ވެސް ފެނިގެންދެއެވެ.

އަކްޝޭ ވަނީ އިންސްޓަގްރާމްގައި މި ފިލްމް ގެ ޕޯސްޓަރެއް ވެސް ހިއްސާ ކޮށްފައެވެ. ފިލްމުގެ އެހެން ކެރެކްޓާތަކާއި ހިލާފަށް ބެލުންތެރިން އެންމެ ބޮޑަށް ބަލާލަން ބޭނުން ވަނީ މަނޫޝީގެ އެކްޓިންގ އެވެ. މީ އޭނާގެ ފުރަތަމަ ފިލްމެވެ. އަދި އަކްޝޭ ފަދަ ހުނަރުވެރި އެކްޓަރަކާއި އެކު މި ފިލްމުން އޭނާ ފެނިގެން ދާތީ ގިނަ ބަޔަކު ތިބީ ފިލްމުގެ އިންތިޒާރުގައެވެ.

މި ފިލްމް ސިނަމާތަކުގައި އެޅުވުމަށް ތާވަލް ކޮށްފައިވަނީ އަންނަ ޖަނަވަރީ މަހުގެ 21 ވަނަ ދުވަހަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.