މިސަރުކާރުން ފައިތުވެދިޔަ ދެ އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި ފައިސާގެ %50 ލިބިފައި ނުވާކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ދިރާސާ ކުރާ ކޮމެޓީ ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލް އޮފީހުން ވަނީ ބަޖެޓުގައި ހުރި ކަންބޮޑުވުންތައް މެމްބަރުންނާއި ހިއްސާ ކުރައްވާފައެވެ. އޮޑިޓް އޮފީހުން ވިދާޅުވީ ބަޖެޓުގައި ބޮޑު ބައެއް ހިލޭއެހީއާއި، ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީއަށް ބަރޯސާވެފައިވާއިރު އެލިބޭނެކަން ކަށަވަރު ކުރު ކުރުމަކީ މުހިންމު ކަމެއްކަމަށެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާކުރި ބަޖެޓުގައިވެސް 2.9 ބިލިޔަން ރުފިޔާގެ ހިލޭ އެހީ ލިބޭނެކަމަސް ލަފާކުރާއިރު، ފާއިތުވެދިޔަ ދެ އަހަރުގައި ލިބޭނެކަމަށް އަންދާޒާކުރި ފައިސާގެ ދެބައިކޮށްފަ އެއްބައި ނުލިބިވާކަމަށެވެ. އަދި މިހާރި އޮބް ބަޖެޓަކީ ދަރަނި ބޮޑު ބަޖެޓަކަށްވުމުން އަންނަ އަހަރު ޚަރަދުތައް ކުރަންވާނީ ލިބޭނެކަމަށް ލަފާކުރާ ބަޖެޓް ލިބޭނެކަން ކަށަވަރު ކުރުމަށްފަހުކަމަށް ވަނީ ބުނެފައެވެ.
ދައުލަތުން ކުރާ ޚަރަދުތަކުގެ ތެރެއިން އެންމެބޮޑު ޚަރަދެއް ކުރަމުންދަނީ އާސަންދަ ސްކީމަށް ކަމަށް އޮޑިޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން އަަންނަ އަހަރަށްވެސް 730.9 މިލިޔަން ރުފިޔާ ބަޖެޓުގައި ޖަހާފައިވާކަމަށެވެ. އަދި ފާއިތުވެދިޔަ 3 އަހަރު އެވްޖެކްކޮށް 2.1 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށާއި،މިއީ 300 މިލިޔަން ރުފިޔާގެ ދަރަނިކަމަށެވެ. އެހެންކަމުން އަންނަ އަހަރު އަސަންދަ ސްކީމަށް ޚަރަދު ކުރާއިރު މިފައިސާ ހޯދޭނެ ގޮތެއް ކަށަވަރު ނުވެއްޖެނަމަ އިތުރު 300 މިލިޔަން ރުފިޔާ އަނެއްކާވެސް ދަރަނިވެރި ވާނެކަމަށެވެ.
ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި އޮޑިޓަ ޖެނެރަލް އޮފީހުގެ ޕްރޮޕެޝަނަލް އޮޕީނިއަން ދެއްވަމުން އޮޑިޓަ ޖެނެރަލް އަންނަ އަހަރަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާ އިރު 9.7 ބިިލިއަން ރުފިޔާ ޑެފިސިޓްވާނެ ކަަމަށް އަންދާޒާ ކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ޑެފިސިޓް ބޮޑު ކަމަށާއި އަދި ބައެއް ކަންކަން ރަނގަޅަށް ތަންފީޒުނުވެ ހިނގައްޖެނަމަ ބަޖެޓު އިތުރަށް ޑެފިސިޓުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ކޮމެންޓު ފޮނުވާ