މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝް އަތުން ބަލިވެ، މުބާރާތުގައި ކުރިޔަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިއްޖެއެވެ. އަދި މިއީ ވޭތިވިދިޔަ 18 އަހަރުގެ ތާރީހުގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.
ކޮލޮމްބޯގެ ރޭސްކޯސް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ ބަންގްލަދޭޝް ޓީމުންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވަނީސް ބަންގްލަދޭޝްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗުގެ 12 ވަނަ މިނެޓުގައި މި ލަނޑު ބަންގްލަދޭޝްއަށް ކާމިޔާބުކޮށްދިނީ، ކެޕްޓަން ޖަމާލް ބުޔާނެވެ. ކެޕްޓަން ޖަމާލް މި ލަނޑު ޖެހުމުން ލައިންސްމަން ވަނީ އޮފްސައިޑް ކަމަށް ދިދަ ނަގާފައެވެ. ނަމަވެސް މެޗުގެ ރެފްރީ އާއި ލައިންސްމަން ވާހަކަ ދެއްކުމަށްފަހު އެ ލަނޑަކީ އޮފްސައިޑް ލަނޑެއް ނޫން ކަމަށް ނިންމާ، ލަނޑެއްގެ ގޮތުގައި ބަލައިގެންފައެވެ.
މި ލަނޑަށްފަހު ރާއްޖެއިން ވަނީ ކުރިޔަށް ޖެހިގެން ލަނޑެއް ޖަހަން މަސައްކަތްކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފް ނިމުމުގެ ކުރިން ރާއްޖެއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 32 ވަނަ މިނެޓުގައި ކެޕްޓަން އަކުރަމްގެ އެހީތެރިކަމާއެކު މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ މުހައްމަދު އުމައިރުއެވެ.
1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން މެޗު ނިމެންދަނިކޮށް ރާއްޖޭގެ ގޯލްކީޕަރ ޢަލީ ނާޖިހް ޕެނަލްޓީ އޭރިޔާ ތެރެއިން ބަންގްލަދޭޝްގެ ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެން އެޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. 88 ވަނަ މިނެޓުގައި މި ޕެނަލްޓީ ބަންގްލަދޭޝްއަށް ކާމިޔާބުކޮށްދިނީ ތޯޕޫ ބަރްމަންއެވެ. މި ޕެނަލްޓީއަށްފަހު ރާއްޖެ ކުޅުންތެރިންގެ މޫނުމަތިން ފެނިގެން ދިޔައީ މާޔޫސްކަމެވެ.
މެޗާ އެކު ރާއްޖެ އަށް ދެ މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ. ފުރަތަމަ މެޗުގައި ލަންކާއާ ވާދަކޮށް ރާއްޖެ ވަނީ 4-4 އިން އެއްވަރުވެފައެވެ. މުބާރާތުގައި ދެން ވާދަކުރާ ސީޝެލްސް އާއި ސްރީ ލަންކާ މެޗު އޮންނާނީ މިރޭ 8:30 ގަ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފުރުސަތު ބޮޑުވާނެއެވެ.
މުބާރާތުގެ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހު ރާއްޖެ ބައްދަލުކުރާނީ ސީޝެލްސްއާއެވެ. ފައިނަލުގެ ޖާގައެއް ހޯދުމުގެ އަމިއްލަ ބާރު ރާއްޖެއަށް ގެއްލިފައިވާއިރު، އެ މެޗުން މޮޅުވުން ރާއްޖެއަށް މަޖުބޫރެވެ.
2 Responses
އަދިބޫޓާނުމީހުންވެސްބަލިކުރާނެ ބޭނުންވަނީ ސަރުކާރުންދޭފައިސާކޮޅު ކަންނެއްވެބޮޑާމީހުންނަކަށް ފުޓުބޯޅައެއްނުކުޅެވޭނެއެވެ ފުޓްބޯޅަކުޅެވޭނީ ކަށިންހިއްވަރުނަގައިގެން ކުޅޭހީވާގިމީހުނަށް ދުވެލި ބާރުހުނަރުވެރިމީހުނަށް ހއން އަށްޑުއާއިދެމެދުން ދުވެލިބާރު ހުނަރުވެރި ހީވާގިކުދިންގެ 40ކުދިންގެ ޓީމެއްނަގައިޕްރެކްޓީސްކޮށްދީ ހަދާބަލަ އޭރުންއެކަންއެނގޭނެ
ފްޓްބޯޅަކުޅެވޭނީ ބޯޅަލިބުނީމައި އަމިއްލައަށް އެބޯޅައަށް ހަދާނޭގޮތް އެނގޭމީހުނަށް