މާފުށީ ޕިކްނިކް އައިލެންޑްގެ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ

މާފުށީ ޕިކްނިކް އައިލެންޑްގެ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެ

Author
މުޙައްމަދު ޖިމީ
09 ނޮވެމްބަރ 2021 10:33
0

ކ. މާފުށި ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ.

އެމްޓީސީސީން ބުނީ،  ކ. މާފުށި ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް އިއްޔެ މޮބިލައިޒް ކޮށްފައިވާކަމަށެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާއި ހަވާލުކޮށްފައިގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 8.10 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން، 2 ހެކްޓަރުގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހިމެނެއެވެ. މިއީ، ޕިކްނިކް އައިލެންޑް ގެ ގޮތުގައި އެމްޓީސީސީން ބިންހިއްކާ 3 ވަނަ މަޝްރޫޢެވެ. މިގޮތުން، އެކުންފުނީގެ ފަރާތުން ކ. ގުރައިދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ތެރެއިން ކ. ގުރައިދޫ ޕިކްނިކް އައިލެންޑް ވަނީ ހިއްކާފައެވެ. މީގެ އިތުރުން މާލޭ ސަރަޙައްދުގައި ޕިކްނިކް އައިލެންޑް ގެ ގޮތުގައި ތަރައްޤީ ކުރާ ކ. ކުޑަގިރި ޕިކްނިކް އައިލެންޑް ގެ ބިންހިއްކުމުގެ މަސައްކަތްމި މިމަހުގެ 6 ގައި ވަނީ ފަށާފައެވެ.

 

މިއަހަރުގެ މިހާތަނަށް އެމްޓީސީސީން ވަނީ 19 މަޝްރޫޢުއެއްގެ މަސައްކަތް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީ ލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.