ފ.ނިލަދޫގައި ރުކަކުންވެއްޓި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
ޢުމުރުން 22 އަހަރުގެ ޒުވާނާ ރުކަށް އަރައިގެން އުޅެނިކޮށް ވެއްޓިފައިވަނީ މިއަދު ހެނދުނު 09:30 ހާއިރުއެވެ. އެ ރުކަކީ ވަރަށް ދިގު ރުކެއްކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ. އެގޮތުން އެ ރުކުގައި ގާތްގަނޑަކަށް 60 ފޫޓު ހުންނާނެކަމަށާއި، އޭނާ ރުކުން ވެއްޓުމާއި ގުޅިގެން ބޮޑެތި ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާކަމަށް ނިލަންދޫ ކައުންސިލުން ބުންޏެވެ.
މިހާދިސާގައި އޭނާގެ ނޭފަތުންނާއި އަނގައިން ވަަރަށް ގިނަ ލޭ އައިކަމަށާއި، ފައިގެ ކަށިތައްވެސް ބިނދިފައިވާކަމަށްވެސް އެރަށު ކައުންސިލުން ބުންޏެވެ. ޒުވާނާއަށް ލިބުނު ޒަޚަމްތަކަށް އިތުރު ފަރުުވާއަށް މިހާރު މާލެ ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ