ރ.ފައިނު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިންމާލައިފިއެވެ. ފައިނު ގޮނޑުދޮަށް ހިމާޔަތްކުރުމުގެ މަސައްކަތްކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.
އެމްޓީސީސީން ބުނީ މުޅި މަޝްރޫއުގެ %63 މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. މިމަޝްރޫއުގެ ދަށުން 8100 ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ވެލި ބެކްފިލްކޮށް 250 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.އެސަރަހައްދަކީ ފައިނުގައި އެންމެ ހިތްގައިމު އެއް ބީޗް އޮންނަ ސަރަހައްދުކަމަށާއި، އިރުވައި މޫސުމުގެ އެކިދުވަސްތަކުގައި އެސަރަހައްދު ގިރަމުންގޮސް މިހާރު މީހުން ދިރިއުޅޭ ސަރަހައްދާ 70 ވަރަކަށް ފޫޓަށް ގިރާފައިވާ ކަމަށް އެރަށު ކައުންސިލުން ވަނީ ބުނެފައެވެ.
ރ.ފައިނުގައި ގިރަމުން ދަނީ އެރަށު އިރުމަތީ ފަރާތުންނެވެ.
ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 63 ޕަސެންޓް ނިމިއްޖެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް 1 ނޮވެމްބަރ 2021 ވަނަ ދުވަހު ވަނީ ފަށާފައި.#MTCCProjects #RayyithungeKunfuni pic.twitter.com/uKYmEakdZl
— MTCC Plc (@MTCCPlc) November 4, 2021
ފައިނަށް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވާން ފެށީ އެރަށު ބަނދަރުހެދުމަށް ފަހުއެވެ. ސަރުކާރުން އެރަށުގައި ކުރިއަށްގެންދާ މަޝްރޫއުތަކަކީ ރައްޔިތުންނަށް އެންމެ މުހިންމު މިހާރުން މިހާރަށް ހައްލުންކުރަންޖެހޭ ކަންތައްތައްކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ 8.96 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓު ފޮނުވާ