ހުޅުމާލޭ ދެވަނަ ފިޔަވައްސަށް އުރީދޫގެ ހިދުމަތްތައް ދެނީ

ހުޅުމާލޭ ދެވަނަ ފިޔަވައްސަށް އުރީދޫގެ ހިދުމަތްތައް ދެނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކް ބޭނުންކޮށްގެން އުރީދޫގެ އެއްމެހާ ޚިދުމަތްތައް ދެވަނަ ފިޔަވައްސަށް ދިނުމާގުޅޭ އެއްބަސްވުމެއްގައި އެޗްޑީސީއާއިއެކު މިއަދު ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅޭ މީހުންނަށް ފަސޭހަ ކަމާއިއެކު އިންޓަރނެޓް ލިބުމުގެ މަގު ތަނަސްވެގެންދާނެއެވެ. އަދިމިއީ ކުރިމަގަށް ވިސްނައި ހުޅުމާލޭގައި ދިރިއުޅޭ އާބާދީއަށް ވިޔަފާރިއާއި، އެނޫންވެސް ގިނަ ބޭނުންތަކަށް ފަސޭހަ ކަމާއިއެކު އިންޓަރނެޓް ކިދުމަތް ދެވޭނެފަދަ ގޮތަކަށް ޚިދުމަތް ފުޅާކުރުމަށް ވެފައިވާ އެއްބަސްވުމެކެވެ.

އެޗް.ޑީ.ސީގެ އޯޕެން އެކްސެސް ނެޓްވޯކަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއްގެ މައިގަނޑު ވިއުގައެވެ. މީގެ ޒަރީއާއިން އިންޓަރނެޓް އަދި ޓީވީގެ ޚިދުމަތްތައް ފޯރުކޮށްދޭ އެކި ފަރާތްތަކަށް އެއްވިއުގަ އަކުން އަވަސްކަމާ އަދި ޚިދުމަތް ދިނުމަށްދާ ހަރަދުކުޑަވާނެ ގޮތަކަށް ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުފަހިވެގެން ދެއެވެ.

ހަމަ މިއާއެކު މިފަދަ ޚިތުމަތްތައް ދޭފަރާތްތަކުން އެއްވިއުގައެއް ހިއްސާކުރުމުން ގިނަގިނައިން މަގުކޮނުން ފަދަ ރައްޔިތުންނަށް ދަތިވާ ކަންކަން މަދު ކުރެވިގެންދާނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *