B އެއް C އެއް D ނުބައްލަވާ ސިފައިންވީ ޤުރްބާނީގެ ވާހަކަ ގެނެސްދޭންޖެހޭ: ޒައިދު

B އެއް C އެއް D ނުބައްލަވާ ސިފައިންވީ ޤުރްބާނީގެ ވާހަކަ ގެނެސްދޭންޖެހޭ: ޒައިދު

Author
މުޙައްމަދު ޝަޒައިމް
04 ނޮވެމްބަރ 2021 08:11
0

B އެއް C އެއް D ނުބައްލަވާ 3 ނޮވެމްބަރު 1988ގައި ދިވެހި ސިފައިންވީ ޤުރްބާނީގެ ވާހަކަ ގެނެސްދޭންޖެހޭ ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިފަދައިން ވިދާޅުވީ ނަސްރުގެ ދުވަހަކީ ޓީވީއެމްގެ "ބީ ކެޓަގަރީ" ހިމެނޭ ދުވަހެއް ކަމަށާއި ނަސްރުގެ ދުވަހަށް ހާއްސަ ޕްރޮގްރާމެއް މިއަދު ގެންނާނެ ކަމަށް، ދައުލަތުގެ މީޑިއާ ކުންފުނި، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަލީ ޚާލިދު ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ. އަލީ ހާލިދު ވިދާޅުވެފައިވަނީ ޓީވީއެމްގައި ދުވަސްތައް ފާހަގަކުރަނީ ކެޓަގަރީތަކަށް ބަހާލައިގެން ކަމަށެވެ. ނަސްރުގެ ދުވަހަކީ ބީ ކެޓަގަރީގައި ހިމެނޭ ދުވަހެއް ކަމަށެވެ.

މިކަމާއި ގުޅިގެން ޝައިޚު ޒައިދު ވިދާޅުވީ ނަސްރުގެ ދުވަސް B ކެޓަގަރީގައި ހިމެނުނުއިރު އިއްޔެގެ ޕްރޮގުރާމު ގައިޑުގައި އެދުވަސް ނެތުމުން ފާދުކިޔުން އަމާޒުވާނެކަމަށެވެ. ކޮންމެ ކެޓަގަރީއަކަށް ލައިގެންވެސް ބާޣީން ރާއްޖެ ހިފަން ކުރި މަސައްކަތުގައި ދިވެހި ސިފައިން ކުރެއްވި ހިތްވަރައި ދެއްކެވި ސާބިތުކަމުގެ ވާހަކަ ދައްކައި، އެމަންޒަރުތައް ރައްޔިތުންނަށް ފެންނަން ޖެހޭނެކަމަށް ޒައިދު ވިދާޅުވިއެވެ.

B ކެޓެގެރީގަ ހިމެނިފަ، ޕްރޮގްރާމް ގައިޑްގަ ނެތީމަ، ދެން ފާޑުކިޔާމީހުން ގިނަވޭ! B އެއް C އެއް D ނުބައްލަވާ ބާޣީން ރާއްޖެހިފަން ކުރި މަސައްކަތާ އެދުވަހު ދިވެހި ސިފައިން ވީ ޤުރްބާނީގެ ވާހަކަ ގެނެސްދެވެންޖެހޭ ކަމުގައި ދެކެން!

– ޒައިދު ވިދާޅުވިއެވެ.

ގިނަ ބައެއްގެ ފާޑުކިޔުން އަލީ ޚަލިދަށާއި، ޕީއެސްއެމްއަށް އަމާޒުވި މިމައްސަލާގައި އިއްޔެ ވަނީ ކުއްލިއަކަށް ޓީވީއެމްގައި ނަސްރުގެ ދުވަހުގެ ޕްރޮގުރާމެއް ޝެޑިއުލްކޮށް ދައްކާފައެވެ. މީގެ ކުރިން ނަސްރުގެ ދުވަހަކީ ދައުލަތުގެ މީޑިއާއިން ބޮޑެތި ލައިވް ކަވަރޭޖް ގެނެސްދިން ދުވަހެކެވެ.

ނަސްރުގެ ދުވަސް ފާހަގަ ނުކުރަނީ، ދައުލަތުގެ މީޑިއާ އަށް އަމާޒުވެފައި މި ވަނީ، ނޮވެމްބަރު 3، 1988 ގައި ދިން އުދުވާންގެ ހަމަލައިގައި އިސްކޮށް ތިބި ބައެއް މީހުންނާ މި ސަރުކާރާ ބޮޑެތި ގުޅުންތައް އޮންނާތީ ކަމަށް އާންމުން ތުހުމަތު ކުރެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.