ތިންވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 485 މިލިއަން ރުފިޔާގެ ފައިދާ

ތިންވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 485 މިލިއަން ރުފިޔާގެ ފައިދާ

Author
މުޙައްމަދު ޝަޒައިމް
02 ނޮވެމްބަރ 2021 02:42
0

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި 55.6 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީ ހޯދައިފިއެވެ.

މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީ އަށް ލިބުނީ 51.2 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ ވަނީ 4.4 މިލިއަން ރުފިޔާ އިތުރުވެފައެވެ. އެމްޓީސީސީ އަށް އަހަރުގެ ތިންވަނަ ކުއާޓަރުގައި 51 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބުނު ނަމަވެސް މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ލިބުނު ފައިދާއަށް ވުރެ ތިންވަނަ ކުއާޓަރުގައި ލިބުނު ފައިދާގެ އަދަދު ވަނީ ދަށްވެފައެވެ.

އެމްޓީސީސީން އާއްމުކޮށްފައިވާ އެކުންފުނީގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެ ކުއާޓަރުގައި ޓެކްސްއަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް ލިބިފައިވަނީ 55.6 މިލިއަން ރުފިޔާއެވެ. މި ނަތީޖާއާއެކު ހިއްސާއަކަށް ޖެހުނު ފައިދާވަނީ 6.9 ރުފިޔާއަށް އަރާފައެވެ.

ތިންވަނަ ކުއާޓަރުގައި ލިބުނު އާމްދަނީއާއި އެކު މިއަހަރުގެ ސެެޕްޓެމްބަރުމަހުގެ ނިޔަލަށް އެމްޓީސީސީއަށް ލިބުނު އާމްދަނީގެ ޖުމްލަ އަދަދުވަނީ 1.3 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި ސާފު ފައިދާގެ އަދަދުވަނީ 212.8 މިލިއަނަށް އަރާފައެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީސީސީގެ ހުރިހާ ވިޔަފާރިތަކަކުން ވެސް ފައިދާ ލިބިފައިވާއިރު ތިންވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ޖުމްލަ 484.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.