ރައީސް ނަޝީދު ކޮޕް 26 ގައި ބައިވެރިވުމަށް ފުރައިވަޑައިގެންފި

ރައީސް ނަޝީދު ކޮޕް 26 ގައި ބައިވެރިވުމަށް ފުރައިވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
29 އޮކްޓޯބަރ 2021 10:39
0

މުޅި ދުނިޔޭގެ ކުރިމަގާ ގުޅޭ ތިމާވެށީގެ މުހިންމު ނިންމުންތަކެއް ނިންމާ، ދުނިޔޭގެ އެންމެބޮޑު ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުރައި ވަޑައިގެންފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ތިމާވެށީގެ ސަމިޓް ކޮޕް26 ފަށާނީ އަންނަ އާދީއްތަ ދުވަހުއެވެ. އިނގިރޭސި ވިލާތުގެ ގްލެސްގޯގައި ބާއްވާ މޫސުމީ ބަދަލުތަކާ ބެހޭ ބައިނަލްއަގްވާމީ ބައްދަލުވުން، ކޮޕް 26 ގައި ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރަން ބޭނުންވާ މާލީ އެހީތައް ހޯދަން މަސައްކަތްކޮށް އަޑު އުފުލާނެ ކަމަށް މިދިޔަ ހަފްތާގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ކޮޕް ސަމިޓުގައި ރާއްޖެއިން އުންމީދާއެކުގައި ބައިވެރިވާއިރު ރާއްޖެއިން، ދެކަމެއްގައި ވަރަށްބޮޑަށް ވަކާލާތު ކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ ތިމާވެށީގެ މައްސައްލަ ޙައްލުކުރުމަށް ބޮޑެތި ޤައުމުތަކުން ކުރާ ހޭދަ އިތުރުކުރުމަށާއި، ޓެކްނޮލޮޖީއާއި މާލީގޮތުން ފުދުންތެރި ޤައުމުތަކުން ދުނިޔޭގެ ފިހިނިހޫނުމިން 1.5 ޑިގްރީގައި ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކަށް އިތުރުކުރުމަށް އެއްބަސްކުރުވުމެވެ.

ރައީސް ނަޝީދުވަނީ މި ކޮންފަރެންސުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއިއެކު ބައިވެރި ވެޑައިގަންނަވަން ފުރުސަތު ލިބުމަކީ ރާއްޖޭގެ ނާޒުކު ތިމާވެށީގެން ހާލަތު ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ލިބިގެންދާ އިތުރު ފުރުސަތެއްގެ ގޮތުގައި ފާހަގަ ކުރައްވާފައެވެ.

މިފަހަރުގެ ސަމިޓުގައި ދުނިޔޭގެ 100 އަށްވުރެ ގިނަ ޤައުމުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ. މިއީ 2015 ވަނަ އަހަރުގެ ޕެރިސް އެގްރިމަންޓަށްފަހު ބޭއްވޭ މިފަދަ އެންމެ ވަރުގަދަ ބައްދަލުވުމަށް ވާނެކަމަށް ބައެއް ޤައުމުތަކުން ދެކެއެވެ. އދ.ގެ މޫސުމާބެހޭ ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ތިމަވެށީގެ ބައްދަލުވުމަކީ ކޮޕްގައި ހިމެނޭ ޤައުމުތަކުން އެއްބަސްވާ ގޮތެއްގެ މަތިން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ބައްދަލުވުމެކެވެ. މި ސަމިޓުގެ އެންމެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ 1995 ވަނަ އަހަރު ޖަރުމަނުގެ ވެރިރަށް ބަރލިންގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

2 233331
މީނަ ބުނި މީނަގެ އަތުގެ އިނގިލިތައް ބަޅު ވެފަޔޭ ހުންނަނީ ހަމަލާޔައްފަހު، އެކަމު ފެންނަނީ ސީދަލައް ހުއްޓާ، އަނެއްއަތުންވެސް އެއްޗެއްގަ ރަނގަޅައް ހިފާފަ ހުރީ، ހުސް ފޭކު، މިހާރުވެސް ރަތްޔިތުންގެ ފައިސާ އިން ބޭކާރު ހަރަދުކުރަނީ، 6000 ޑޮލަރު ދައުލަތުން ހޮޓެލް ޖެން އައް މީނަ ބަހައްޓަން ދައްކާ ވާހަކަ އަޑު އިވެނީ، އަހަރެމެން މިޢުޅެނީ ލިބުނު ފުލެޓް ވެސް ނެހެދިގެން، ހީވަނި ދިވެހިރާއްޖެ އަކީ މީނަގެ ތަރިކަ އެއްހެން