ޖޭޕީގެ އަންހެން ކަނބަލުން އިސްނަގައިގެން ހަވީރުގެ ސަޔެއް ބާއްވައިފި

ޖޭޕީގެ އަންހެން ކަނބަލުން އިސްނަގައިގެން ހަވީރުގެ ސަޔެއް ބާއްވައިފި

Author
މުޙައްމަދު ޝަޒައިމް
28 އޮކްޓޯބަރ 2021 06:25
0

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ އަންހެން ކަނބަލުން އިސްނަގައިގެން ހަވީރުގެ ސަޔެއް ބާއްވައިފިއެވެ.

މިއަދު ހަވީރު ޖުމްހޫރީ ޕާޓީގެ ޖަގަހައިގައި އޮތް މިސައިގައި އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އަނބިކަނބަލުން ޓްރާސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާވެސް ބައިވެރިވެ ވަޑައިގެންނެވެ. މިސައިގައި އެޕާޓީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ އަންހެން ކަނބަލުން ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން އެޕާޓީގެ އެކި މަޤާމުތަކުގައި ތިއްބެވި ފިރިހެން ބޭފުޅުންނާއި، ތާއީދު ކުރައްވާ ގިނަ ބަޔަކުވެސް މިސައިގައި ވަނީ ބައިވެެރި ވެފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ސިޔާސީ މަސައްކަތްތައް މަޑު ޖައްސާލުމަށްފަހު މިހާރު އަނެއްކާވެސް ޖޭޕީގެ ސިޔާސީ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން އެޕާޓީން ދަނީ ހަރުގެ ޖަލްސާތަކާއި، ބައްދަލުވުންތައްވެސް ބާއްވަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު މިވަގުތު ހުންނެވީ މާލެއިން ބޭރުގައެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ދާދިފަހުން ސަން އައިލެންޑް ރިސޯޓުގައިވެސް ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުމަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށްޓަކައި ރައީސް ނަޝީދު ބޭއްވި ބައްދަލުވުމެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.