ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާއާޒެނީޝާ ޝަހީދް ޒަކީ އާއި، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.
އެޗްއާރުސީއެމް އިން ބުނެފައިވަނީ ކުޑަކުދިންގެ ހިޔާއާއި ގުޅުންހުރި މައްސަލަތަކެއް ތަހުގީގްކޮށް އެމައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށެވެ. މިމައްސަލާގައި ފޮނުވާފައިވާ ލިޔެކިޔުންތަކާއި ގުޅިގެން ޕީޖީ އޮފީހާއި މަޝްވަރާ ކުރެވެމުންދާކަމަށްވެސް އެޗްއާރުސީންއެއިން ވަނީ ބުނެފައެވެ. ނަމަވެސް މިމައްސަލާގައި ދައުވާ ކުރަން ފޮނުވި މީހުންގެ ނަމެއްވެސް އަދި އަދި މައްސަލައިގެ ތަފްސީލެއްވެސް ދެއްވާފައި ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޒެނީޝާއާއި، ބަޝީރަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ބައެއް ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގައި ޤާނޫނާއި ޚިލާފް ކަންތައްތަކެއް ކުރުމުންނެވެ. ކުދިން ގެންދިއުމަށްފަހު ދިމާވި އެކި މައްސަލަތައްވެސް ތަހުގީގުން ވަނީ ފާހަގަކޮށްފައެވެ.
މިމައްސަލާހައި ޕީޖީ އޮފީހުން ވިދާޅުވީ އެޗްއާރުސީއެމްއިން ފޮނުވާފައިވާ މައްސަލަ އެ އޮފީހުން ދިރާސާ ކުރަމުންދާކަމަށެވެ. އަދި އަންނަ ހަފްތާގައި މިމައްސަލާގައި ގޮތެއް ނިންމާނެކަމަށެވެ.
ކޮމެންޓު ފޮނުވާ