ބޮލީވުޑްގެ ލޯބި ޖޯޑެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނީގެ ވާހަކަ ދޭތެރެ ދޭތެރެއިން އަންނަނީ ދެކެވެމުންނެވެ. މި ކައިވެނީގެ ވާހަކަ އަކީ މޫސުމީ ވާހަކަ އަކަށް ވަނީ ވެފައެވެ.
އަނެއްކާވެސް މި ދެތަރިންގެ ކައިވެނީގެ ވާހަކައިގެ މޫސުން މިވަނީ އައިސްފައެވެ. މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން މިދެތަރިން ކައިވެނިކުރަން އުޅޭކަމުގެ އަޑުތަށް މިވަނީ ގަދަވެފައެވެ.
ރިޕޯޓްތައް ބުނާގޮތުގައި މި ދެތަރިންގެ ކައިވެނި މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެނިގެން ދާނެއެވެ. ކައިވެނީގެ ވާހަކަ ދެކެވެންފެށީ ރަންބީރުގެ އުފަންދުވަހު މިދެމީހުން ޖޯދާޕޫރަށް ކުރި ދަތުރަށް ފަހުއެވެ. ގިނަ މީހުން ބުނާގޮތުގައި މި ދަތުރަކީ ހަމައެކަނި ރަންބީރުގެ އުފަން ދުވަސް ފާހަގަ ކުރުމަށް ކުރި ދަތުރެއް ނޫނެވެ. މިއީ ޑިސެމްބަރުގައި އޮތް މި ދެމީހުންގެ ކައިވެނި ހަފްލާ ބާއްވާނެ ތަނެއް ބެލުމަށް ކުރި ދަތުރެކެވެ.
ރަންބީރުގެ ބައްޕަ ރިޝީ މަރުވުމުގެ ކުރިން މިކައިވެނި ވާތަން ދެކެން ބޭނުންކަމަށް އެތައް އިންޓަވިއުއެއްގައި ބުނެފައި އެބަހުއްޓެވެ. އަދި ދެ އާއިލާއިންވެސް މި ގުޅުމާ ވަރަށް ރުހޭކަން ސޯޝަލް މީޑީއާ ބަލާލުމުން ވެސް އެގެއެވެ. އާލިއާ އަންނަނީ ރަންބީރުގެ އާއިލާއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުންނެވެ.
އަދި ހަމަ އެހެންމެ ދެ ލޯބިވެރިން އެކުގައި ޗުއްޓީ ގައި އެކިތަންތަނަށް ދަތުރު ކުރުމާއި އެކުގައި ވަގުތު ހޭދަކުރުން އަދި ދެފަރާތުގެ އާއިލާ އާއެކު ދެމީހުންވެސް ދަނީ ގުޅުން ބަދަހި ކުރަމުންނެވެ.
މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޑިސެމްބަރު މަހު ކައިވެނި އޮންނާތީ ދެ ތަރިންގެވެސް ބިޒީ ޝެޑިއުލް، އަންނަ މަހުން ފެށިގެން ހުސްކުރަން ވަނީ ނިންމާފައެވެ.
ބައެއް ރިޕޯޓްތަށް ބުނާގޮތުގައި މި ޑިސެމްބަރު މަހަކީ މިދެތަރިންގެ ކައިވެނި ފެންނާނެ ކަން ކަށަވަރު މަހެކެވެ. ނަމަވެސް މި ދެ ތަރިންގެ ފަރާތުން އަދި އާއިލާގެ ފަރާތުންވެސް މިވާހަކަތަށް އެއްވެސް އެއްޗެއް ނުބުނެއެވެ.
މި ދެ ތަރިން ލޯބީގެ ގޮތުން ގުޅިފައި ވަނީ އެކުގައި ކުޅެން އުޅުނު ފިލްމް "ބަރަމްސްތަރަ"ގެ ޝޫޓިންގެ ދެތެރިން 2018 ވަނަ އަހަރު އެވެ. ނަމަވެސް އަދި މިހާތަނަށްވެސް އެ ފިލްމް އާންމުންނަށް ފެންނަވަރެއް ނުވެއެވެ.