މީދޫ އިސްމެޖިސްޓްރޭޓް ތަމްރީން ޕްރޮގުރާމެއް ފުރިހަމަ ކުރުމަށް އަންގައިފި

މީދޫ އިސްމެޖިސްޓްރޭޓް ތަމްރީން ޕްރޮގުރާމެއް ފުރިހަމަ ކުރުމަށް އަންގައިފި

Author
މުޙައްމަދު ޝަޒައިމް
27 އޮކްޓޯބަރ 2021 11:27
0

ސ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުޙައްމަދު ޠައްޔިބުއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

އިސްމެޖިސްޓްރޭޓް ޠައްޔިބާމެދު ފިޔަވަޅު އަޅަން ނިންމާފައިވަނީ އޭނާ ބެއްލެވި މައްސަލައެއްގައި މައްސަލަ ރައްދުވާ ފަރާތް "ގޭގައި" ބަންދުކޮށްފައި ބެހެއްޓުމަށް ނެރެފައިވާ އަމުރަކީ، އިޖުރާޢަތާ ޚިލާފަށް ނެރެފައިވާ އަމުރެއްކަން ތަޙްޤީޤުކޮމިޓީއަށް ސާބިތިވެފައިވާކަމަށެވެ.

އިސްމެޖިސްޓްރޭޓް މުޙައްމަދު ޠައްޔިބުގެ މިޢަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި، ޚިލާފަށް ކޮށްފައިވާ ޢަމަލަކަށްވާތީ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދަށުން ނަޞޭޙަތްދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ޖޭއެސްސީން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްވެސް އޭނާއަށް ވަނީ އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މާހިރު
މީދޫ އިސްމެޖިސްޓޭޓް އަށް ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމަށް އެންގޭ ފެންވަރުގެ ތައުލީމީ ގާބިލް ބޭފުޅެއް ތިޔަކޮމިޝަަކު ނެއް.
މ މަންތިރި
ތިޔައީ ހަމަ ވ ރަނގަޅު ވަަހަކައެއް. މެޖިސްޓްރޭޓަށްވުރެ ހިސާނުމެން މާބޮޑަށް ފެންވަރު ދަށްވާނެ