މިސްްރުގެ ރައީސް އަބްދުލް ފައްތާހު އަލްސީސީ

2017ވަނަ އަހަރުން ފެށިންގެ މިސްރުގައި އޮތް ކުއްލި ނުރައްކަލުގެ ހާލަތު އުވަލައިފި

2017ވަނަ އަހަރުން ފެށިންގެ މިސްރުގައި އޮތް ކުއްލި ނުރައްކަލުގެ ހާލަތު އުވަލައިފި

ގުޅުންހުރި

2017ވަނަ އަހަރުން ފެށިގެން މިސްރުގައި އާންމު ކޮށްފައި އޮތް ސްޓޭޓް އޮފް އެމަޖެންސީ އެގައުމުގެ ރައީސް އަބްދުލް ފައްތާހު އަލްސީސީ މިއަދު އުވާލައިފިއެވެ.

2017ވަނަ އަހަރު މިސްރުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ، އައިސިސް ޖަމާއަތާ ގުޅުން އޮތް ހަގުރާމަވެރި ޖަމާއަތަކުން މިސްރުގެ ދެ ފައްޅިއެއްގައި ބޮން ގޮއްވާލާ 40 މީހަކު މަރުވެ އާންމުންގެ އެތައް ބަޔަކު ޒަޚަމް ވުމާއި ގުޅިގެންނެވެ.

ކުރިސްންޓިއަނުން ހިއްސާ ކުރަނީ މިސްރުގައި އޮންނަ 100 މިލިއަންގެ އާބާދީގެ 10 ވަރަކަށް އިންސައްތައެވެ.

"މިސްރު މިހާރު ވެފައިވަނީ، ސަރަހައްދުގައި ސަލާމަތާއި ރައްކާތެރިކަމުގެ މިސާލަކަށް. ހުރިހާވެސް ޝުކުރެއް ހައްގުވަނީ ގައުމުގެ ކިޔަމަންތެރި ރައްޔިތުންނަށް،" ސީސީ އެނާގެ ފޭސްބުކް އެކައުންޓުގައި ލިޔުއްވާފައި ވެއެވެ.

"މުޅި ގައުމުގައި އިއުލާން ކޮށްފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތު އަލުން އާ ނުކުރުމަށް އަހަރެން ނިންމި ސަބަކީ މިއީ،" އޭނާ އިތުރަށް ވިދާޅުވެފައި ވެއެވެ.

5 އަހަރު ވަންދެން މިސްރުގައި އިއުލާން ކޮށްފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތުގެ ނަތީޖާއެއްގެ ގޮތުން، ކޯޓު އަމުރަކާ ނުލާ މީހުން ހިފާ ހައްޔަރު ކުރުމާއި، ގެތައް ފާސް ކުރުމާއި، އަދި އޭގެ އިތުރު ގާނޫނު އަސާސީން ލިބި ދީފައިއޮތް ޚިޔާލު ފާޅުކުރުމާއި އަދި އެއްވެ އުޅުމުގެ މިނިވަންކަންވެސް އޮތީ ހިފެހެއްޓިފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނެފައިވަނީ، 2013ވަނަ އަހަރުން ފެށިގެން އެއްވެ އުޅުން މަނާ ކޮށްފަ އޮތް އޮތުމުގެ އިތުރުން، ދިގުމުއްދަތެއް ވަންދެން އިއުލާން ކޮށްފައި އޮތް ކުއްލި ނުރައްކަލުގެ ހާލަތުގެ ނަތީޖާއެއްގެ ގޮތުން ސީސީއަށް އޭނާގެ ސަރުކާރާ ޚިޔާލު ތަފާތު ފަރާތްތަކުގެ އަޑު އެކީ ކަނޑުވާލުމަށް ފުރުސަތު ވަނީ ލިބިގެން ގޮސްފައި ކަމުގައެވެ.

މިސްރުގައި ޑިމޮކްރަސީގެ އުސޫލުން އެންމެ ފުރަތަމަ އިންތިޚާބު ކުރެވުނު ރައީސް، މުސްލިމް ބްރަދަރހޫޑްގެ މުރުސީގެ ވެރިކަން 2013ވަނަ އަހަރު ނިމުމަކަށް ގެނެސްފައިވަނީ ސީސީ އިސްވެ ހުންނަވާ ގެނެވުނު ބަޢާވާތަކުންނެވެ. އެއަށްފަހު 2014ވަނަ އަހަރުން ފެށިގެން މިސްރގައި ރައީސްކަން ކުރައްވަމުން ގެންދަވަނީ ސީސީއެވެ.

އޭނާ ވިދާޅުވަނީ މިސްރުގައި ސިޔާސީ ކުށްވެރިންނެއް ނުތިބޭނެ ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ