ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބަނގްލަދޭޝް ސަފީރު، ހިޒް އެކްސެލެންސީ ރިއަރ އެޑްމިރަލް މުޙައްމަދު ނަޒްމުލް ހަސަންއާ ބައްދަލުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތް މިބައްދަލުވުމުގައި މަޖިލީހުގެ އަމީންއާންމުވެސް ބައިވެރިވެ ވަޑއިގެންފައިވެއެވެ. ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލެންސީ ރިއަރ އެޑްމިރަލް މުޙައްމަދު ނަޒްމުލް ޙަސަން، އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފައިވަނީ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގައެވެ.

ކޯވިޑް19 އާއި ގުޅިގެން ރާއްޖެއަށް ގިނަ އެހީތަކެއް ބަންގްލަދޭޝްގެ ސަރުކާރުންވަނީ ފޯރުކޮށްދީފައެވެ. ބަންގްލަދޭޝްގެ ސަފީރު ރައީސް ނަޝީދާއި ބައްދަލުކޮށްފައިވާއިރު، މަޖިލީހުން ދަނީ ބަންގްލަދޭޝްގެ ގިނަ ރައްޔިތުން ގަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ މައްސަލަ ބަލަމުންނެވެ. އަދި މިހާތަނަށް ގަވާއިދާއި ޚިލާފަށް އުޅޭ ގިނަ ބަންގްލަދޭޝްގެ ރައްޔިތުން ވަނީ އަނބުރާ އެޤައުމަށްވެސް ފޮނުވާފައެވެ.
ކޮމެންޓު ފޮނުވާ