އެޗްއާރުސީއެމްގެ ހުސް މަގާމަށް ޝައްމޫން ހަމީދު އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

އެޗްއާރުސީއެމްގެ ހުސް މަގާމަށް ޝައްމޫން ހަމީދު އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

Author
އަހުމަދު
26 އޮގަސްޓް 2026 07:23
0

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ޝަންމޫން ހަމީދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މި މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހުނީ އެ ކޮމިޝަނުގެ މެންބަރު ސަމާއު އަހުމަދު ނަޖީބުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ ޝަންމޫން ހަމީދާއި ސަމާއު އަހުމަދު ނަޖީބުގެ ނަންފުޅެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަންމޫން އެ މަގާމަށް އައްޔަން ކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ. މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ދެ ބޭފުޅުންނާ އިންޓަވިއު ކުރެއްވުމަށްފަހު ދެއްވި މާކްސްތަކުގައި ޝަންމޫނަށް 92 މާކްސް ލިބިވަޑައިގެންނެވި އިރު، ސަމާއުއަށް ލިބިވަޑައިގެންނެވީ 86 މާކްސެވެ.

މި މައްސަލައަށް ކުރެވުނު ބަހުސްގައި އިދިކޮޅު މެންބަރުން ވަނީ ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ވަކި ކޮޅަކަށް ބުރަވެ ތިއްބަވައިގެން ރައީސް ފޮނުއްވި ލިސްޓުގެ ކުރީގައި އޮތް ނަން ފާސްކުރަން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ނަމަވެސް ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް ވަނީ ކޮމިޓީ މަރުހަލާ ކުރިއަށް ދިޔަ ގޮތް ސާފުކޮށްދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.