ބޮޑެތި ކުންފުނިތަކަށް، ސަރުކާރުގެ ސޮވެރިން ގެރެންޓީ ދިނުމަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ބޮޑެތި ކުންފުނިތަކަށް، ސަރުކާރުގެ ސޮވެރިން ގެރެންޓީ ދިނުމަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
25 އޮކްޓޯބަރ 2021 09:16
0

ދިވެހި ރާއްޖޭގެ އިގްތިސާދަށް މުހިންމު، ބޮޑެތި ކުންފުނިތަކަށް، ފަސޭހަކަމާއިއެކު ސަރުކާރުގެ ސޮވެރިން ގެރެންޓީ ހަމަޖެހޭނެ އުސޫލު ޤާއިމް ކުރުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅި މައްސަލަ މަޖީލީހުން ބޭރުކޮށްލައިފިއެވެ.

ޖާބިރުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވަނީ 15 ވޯޓުންނެވެ. އޭނާ ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދަށް ތިޔާގިކަން ގެންނަ ބޮޑެތި ވިޔަފާރިތަކުން ބޭނުން ކުރަމުންދާ ގިނަ ބިންތަގެ މިލްކުވެރިކަން ދިވެރި ސަރުކާރުގެ އަތުގައި އޮވެ، ކޯވިޑް-19ގެ ސަބަބުން، ދިވެހި ރާއްޖޭގައި ހިނގަމުން ދިޔަ ވިޔަފާރީގެ ބޮޑެތި ޕްރްޖެކްޓްތަށް ހުއްޓިފައިވާކަމަށެވެ.

ދިވެހިރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި ވިޔަފާރިވެރިންނާއި، ދިވެހި އެތަކެއް ރައްޔިތުންގެ ބަނޑުފުރާނަ މުއްތިކުރުމާއި ގުޅިފައިވާ ކުންފުނިތަކަށް، ފޫނުބެއްދޭވަރުގެ ގެއްލުންވަމުންދާއިރު، އަދި އިތުރަށް އިގްތިސާދަށް ގެއްލުންދެނިވި އުސޫލުން ސަރުކާރުގެ އަމަލުތަށް ހުރި ހިނދު، ދިވެހި ސަރުކާރާއިކާއިއެކު ވެފައިވާ އެއްބަސްވުމަކަށް އެކަނި ބަލައިގެން، ބޭންކުތަކުން ޕްރައިވެޓް ކުންފުނިތަކަށް ލޯނުދޭން ޖެހިލުންވާ ކަމެއްކަމުގައެވެ.

މިހާލަތުގައި ފައިނޭންސް ހޯދުން ނިހާޔަތަށް އުނދަގޫވެ، ރާއްޖެއިން ބޭރުން ފައިނޭންސް ހޯދުން ނޫންގޮތެއް، ދިވެހި ކުންފުނިތަކަށް ނެތިފައި އޮތްހިނދު، އިގްތިސާދީގޮތުން އުނދަގޫ ދަނޑިވަޅުން އަރައިގަތުމަށްޓަކައި މީގެ ކުރިންވެސް ދިވެހި ސަރުކުރުން ކަންކުރަށްވާފައިވާ ފަދައިން، ރަހުނުގެ ގޮތުގައި އަގުބޮޑެތި މުދާ ބެހެއްޓުމުގެ ގާބިލިއްޔަތު ހުރި، އަދި އެހެންވެސް ޝަރުތުތަށް ފުރިހަމަވާ ޕްރައިވެޓް ކުންފުނި ތަކަށް، ފަސޭހަކަމާއިއެކު ދިވެހި ސަރުކާރުގެ ސޮވެރިން ގެރެންޓީ ހަމަޖެހޭނެ އުސޫލު ޤާއިމް ކުރުމަށް، މިމައްސަލާގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.