ކ. މާފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މާފުށީގެ ބިމުގެ ދަތިކަމުގެ މައްސަލައަކީ އެރަށުގެ ގިނަ ބައެއްގެ މެދުގައި އޮތް ބޮޑު ކަންބޮޑުވުމެކެވެ. ނަމަވެސް އެމްޓީސީސީން އެރަށުގެ ބިން ހިއްކައި ނިންމުން މިހާރު ބިމުގެ ދަތިކަމުގެ މައްސަލައަށް ވަނީ ހައްލު ލިބިފައެވެ.
ކ. މާފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް 27 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ނިމިއްޖެ. މި މަޝްރޫޢުއަކީ 118.07 މިލިއަން ރުފިޔާގެ މަޝްރޫޢެއް. #MTCCProjects #RayyithungeKunfuni pic.twitter.com/sFlgp58k7a
— MTCC Plc (@MTCCPlc) October 24, 2021
އެ ކުންފުނިން ބުނީ މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފެށީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން، މަފުށީގެ 25 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. އަދި 1,100 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާފައިވެއެވެ.
އެމްޓީސީސީން ކުރިން ބުނެފައިވަނީ ހިއްކާފައިވާ 25 ހެކްޓަރުގެ ބިން ރަށާއި ގުޅާލާނީ ބްރިޖަކުން ކަމަށެވެ. އަދި މި މަޝްރޫއިން މާފުށީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. މި މަޝްރޫއު ކުރިޔަށް ގެންދަން އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 118.07 މިލިއަން ރުފިޔާ އަށެވެ.
ކޮމެންޓު ފޮނުވާ