ކ. ގުރައިދޫ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ހިއްކި ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް 11 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ގުރައިދޫ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ހިއްކި ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، 1.7 ހެކްޓަރުގެ ބިންހިއްކުމާއި، 278 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިން ރިވެޓްމެންޓް ޖެހުމާއި، 160 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
ކ. ގުރައިދޫ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ހިއްކި ސަރަޙައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް 11 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ނިމިއްޖެ. މި މަޝްރޫޢަކީ 13.4 މިލިއަން ރުފިޔާގެ މަޝްރޫޢެއް. #MTCCProjects #RayyithungeKunfuni pic.twitter.com/N0LyxKMeBV
— MTCC Plc (@MTCCPlc) October 21, 2021
13.4 މިލިއަން ރުފިޔާގެ ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮޖެކްޓް ނިންމާލާފައިވާއިރު، މިއީ ލޯކަލް ޓޫރިޒަމް ފުޅާދާއިރާއެއްގައި ކުރަމުން އަންނަ އެރަށު ވިިޔަފާރިވެރިންނަށް ރަށް ޕްރޮމޯޓް ކުރަން ވަރަށް ރަނގަޅު ދޮރަކަށް ވެގެން ދާނެއެވެ. އަދި ކައިރި ރިސޯޓްތަކަށްވެސް މިއީ ހަމަގައިމުވެސް ހަމަޖެހުމެއް ކަން ޔަގީނެވެ.
މިއި އެރަށު ރައްޔިތުންގެ އެދުމުގެ މަތިން އެރަށް ކައިރީގައި ތަރައްގީ ކުރި ޕިކްނިކް އައިލެންޑެކެވެ. އެހެންކަމުން މިއީ އެރަށު ރައްޔިތުންނަށްވެސް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފާވެރިކަމެއް ކަން ޔަގީނެވެ.
ކޮމެންޓު ފޮނުވާ