ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިތުރު 2 މީހަކަށް ދައުވާކޮށްފި

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިތުރު 2 މީހަކަށް ދައުވާކޮށްފި

Author
މުޙައްމަދު ޝަޒައިމް
20 އޮކްޓޯބަރ 2021 11:58
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާގެ މައްސަލައިގައި އިތުރު 2 މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

މިމަހުގެ 19 ވަނަ ދުވަހު ދައުވާ ކުރުމަށް ފޮނުވާފައިވަނީ ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީމަނިކާއި، ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްގެ މައްޗަށެވެ.

މިދެމީހުންގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު ގެ 1-16 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށުގެ ދަޢުވާއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިދެމީހުންނާއިއެކު މިހާތަނަށް 9 މީހަކަށް ވަނީ ދައުވާކޮށްފައެވެ. ދައުވާކޮށްފައިވާ މީހުންނަކީ ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ ޢަލީއާއި، އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޡިމްގެ އިތުރުން މ. ކުދެހިގެ، އިސްޙާޤު، ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު އާއި މއ. ފޭރުގެ މުޖާޒް އަހުމަދު އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27)ގެ މައްޗަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާދިން މައްސަލައިގައި ދަޢުލަތުން ދަޢުވާކުރި ތަހުމީން އަހުމަދާއި މުޖާޒު އަހުމަދު ދައުވާތަކަށް ވަނީ އިންކާރުކޮށްފައެވެ. މިމީހުންގެ މައްޗަށް ދައުލަތުން ވަނީ ބޮޑެތި ދައުވާތަކެއްކޮށްފައެވެ. އަދި ދައުވާތައް ސާބިތު ވެއްޖެނަަ ގިނަ އަހަރުތަކުގެ ހުމްތަކެއް އަންނާނެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދަޢުވާކޮށްފައިވާ މީހުންގެ ތެރެއިން ދެ މީހަކު ދަޢުވާއަށް އިންކާރުކޮށްފައިވީނަމަވެސް ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލި އަދުހަމް އަހްމަދަށް ކުރާ ދައުވާތަކުގެ ޝަރީއަތް ފެށުމާއެކު އޭނާ ވަނީ ދަޢުވާތަކަށް އިއުތިރާފްވެފައެވެ. އަދުހަމް ވަނީ ދަޢުލަތާއެކު އިއުތިރާފް އެއްބަސްވުމެއް ހަދާފައެވެ. އަދި ތަހުގީގަށް އެއްބާރުލުން ދޭން އެއްބަސްވުމުން އޭނާގެ ޢަދަބު 23 އަހަރުގެ ޖަލު ޙުކުމަކަށް ވަނީ ކުޑަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.