ހިޒްބުﷲ ޖަމާއަތާއެކީ ކުރެވޭ ހަގުރާމައެއްގައި ދުވާލަކަށް 2000 ރޮކެޓްގެ ހަމަލާ އަންނާނޭކަމަށް އިސްރާއީލުން އަންދާޒާ ކުރޭ

ހިޒްބުﷲ ޖަމާއަތާއެކީ ކުރެވޭ ހަގުރާމައެއްގައި ދުވާލަކަށް 2000 ރޮކެޓްގެ ހަމަލާ އަންނާނޭކަމަށް އިސްރާއީލުން އަންދާޒާ ކުރޭ

Author
ހުސެއިން
18 އޮކްޓޯބަރ 2021 06:52
0

އިސްރާއިލުން ހިޒްބުﷲ ޖަމާއަތާއެކީ ހަގުރާމައަކަށް ދާން ބޭނުން ނުވާކަމަށާއި، އެހެންނަމަވެސް އެއްވެސް ހާލަތެއްގައި އެޖަމާއަތާއި އެކީ ހަގުރާމައެއް ފެއްޓިއްޖެ ނަމަވެސް، އިޒްރާއީލަށް ދުވާލަކަށް 2،000 ރޮކެޓް އަމާޒު ކުރެވިގެންދާނޭ ކަމަށާއި، ދުވަކަލަށް މިއަދަދުގެ ރޮކެޓް ހަލާކު ކޮށްލުމުގެ ގާބިލުކަން އިޒްރާއީލަށް ލިބިގެންވާކަމަށް، އެގައުމުގެ އިސް އަސްކަރީ އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދީފިއެވެ.

މިއަހަރުގެ މޭމަހު އިސްރާއީލުންވަނީ، ފަލަސްތީނުގެ ގާޒާގައި ގާއިވެ ތިބޭ ފަލަސްތީނުގެ ހަގުރާމަވެރި ޖަމާއަތްތަކާއެކީ 11 ދުވަހުގެ ހަގުރާމައެއް ކޮށްފައެވެ. 11 ދުވަހުގެ މި ހަގުރާމާގައި ފަލަސްތީނުގެ ހަގުރާމަވެރި ޖަމާއަތްތަކުންވަނީ އިސްރާއީލަށް އަމާޒުކޮށް 4،400 ރޮކެޓް ފޮނުވާލާފައެވެ.

އިސްރައީލަށް އަމާޒުކުރެވޭ ރޮކެޓް ހަމަލާތަކުން އެގައުމު ސަލާމަތްކުރުމަށް ހަދާފައިވާ އައްޑަނަ، އަޔަން ޑޯމްއިން މީގެ ތެރެއިން، އިސްރާއީލުގެ މީހުން ދިރިއުޅޭ އަވަށްތަކަށް އަމާޒުކުރެވުނު 90 އިންސައްތަ ރޮކެޓް ޖައްވުގައި ވަނިކޮށް ގޮއްވާލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައި ވެއެވެ. އިސްރާއީލުން ބުނެފައިވާ ގޮތުގައި، މި ރޮކެޓްތަކުގެ ތެރެއިން މީހުން ނޫޅޭ ސަރަހައްދުތަކަށް 300 އެއްހާ ރޮކެޓްވަނީ ވެއްޓިފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި، ފާއިތުވި މޭމަހު ގާޒާއިން އިސްރާއީލަށް އަމާޒު ކުރި އަދަދާ އެއްވަރުގެ އަދަދެއްގެ ރޮކެޓް ހަމަލާތައް 2006 ވަނަ އަހަރު އިސްރާއީލުން ހިޒްބުﷲ ޖަމާއަތާއެކު ކުރި ހަގުރާމާގައިވެސް އިސްރާއީލަށް އަމާޒު ކޮށްފައި ވެއެވެ. އެހެންނަމަވެސް، އެއަހަރު މިއަދަދަށް އިސްރާއީލަށް ރޮކެޓް ހަމަލާ އަމާޒު ކޮށްފައިވަނީ މަހެއްހާ ދުވަހުގެ ތެރޭގައި ކަމަށްވާއިރު މިއަހަރުގެ މޭމަހު ފަލަސްތީނުގެ ޖަމާއަތްތަކުން އިސްރާއީލަށް ހަމަލާތައް އަމާޒު ކޮށްފައިވަނީ އެންމެ 11 ދުވަހުގެ ތެރޭގައިކަން އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައި ވެއެވެ.

އިސްރާއީލުގެ އަސްކަރިްޔާގެ ހޯމް ފްރޮންޑް ކޮމާންޑްގެ ވެރިޔާ ޔޫރީ ގޯޑިން ވިދާޅުވި ގޮތުގައި މިއަހަރުގެ މޭމަހު ފަލަސްތީނުގެ ހަގުރާމަވެރި ޖަމާއަތްތަކާއެކީ ކުރެވުނު ހަގުރާމާގައި ހަގުރާމަވެރި ހަމާއަތްތަކުން ފޮނުވާލާފައިވާ ރޮކެޓްތަކުގެ މެޖޯރިޓީ ރޮކެޓްތައް އަމާޒު ކޮށްފައިވަނީ އިސްރާއީލުގެ ވެެރިކަން ކުރާ ޓޭލްއަވީވްއާއި އަޝްޑޯޑް އާއި ދިމާލަށެވެ. މިއީ ފާއިތުވި ތާރީޚުގައިވެސް މި ސިޓީތަކަށް އަމަޒުކޮށް ފޮނުވާލާފައިވާ އެންމެ ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތަކެވެ.

"އަހަރެމްނެނަށް ފެނިފައިވޭ ދުވާލަކަށް މަދުވެގެން 400 ރޮކެޓް އަމާޒުކޮށް ފޮނުވާލާފައިވާތަން،" އޭނާ ވިދާޅުވިއެވެ.

"އަހަރެންގެ އަންދާޒާއަކީ، ލުބުނާންގެ ހިޒްބުﷲ ޖަމާއަތާއެކީ ކުރެވޭ ހަގުރާމައެއްގައި މީގެ 5 ގުނަ މަތީ އަދަދެއްގެ ރޮކެޓް ކޮންމެ ދުވަހަކުވެސް އިޒްރާއީލަށް އަމާޒުކޮށް ފޮނުވާނެ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

"އަހަރެމެންގެ އަންދާޒާއަކީ، 1،500 އާއި 2،500 އާއި ދެމެދުގެ އަދަދެއްގެ ރޮކެޓް އެފަދަ ހަގުރާމައެއްގައި ކޮންމެ ދުވަހުކުވެސް އިސްރާއީލަށް އަމާޒުކޮށް ފޮނުވާލެވޭނެ ކަމަށް."

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.