އަންނަ އަހަރުގެ ޖެނުއަރީމަހުން ފެށިގެން ކުރިޔަށް އޮތް 3 އަހަރުގެ ދައުރަށް، ޔޫއެންގެ ހިއުމަން ރައިޓްސް ކައުންސިލަށް މެމްބަރުން އިންތިޚާބު ކުރުމަށް 76ވަނަ އާންމު މަޖިލިހުގައި ބޭއްވުނު އިންތިޚާބުގައި ބޮޑު މެޖޯރިޓީއަކާ އެކީ، ޔޫއެން ހިއުމަން ރައިޓްސް ކައުންސިލަށް އިންޑިއާ އިންތިޚާބު ވެއްޖެއެވެ.
ވަރަށް ތަނަވަސް އައުލަބިއްޔަތަކުން އިންޑިއާ މި ކައުންސިލަށް އިންތިޚާބު ވެގެން ދިއުމާ ގުޅިގެން، ޔޫއެންގައި ހުންނަވާ އިންޑިއާގެ އެންވޯއި ވިދާޅުވެގައިވަނީ، މި ނަތީޖާއިން ހާމަވެގެން ގޮސްފައިވަނީ، އިންޑިއާގައި އޮތް ޑިމޮކްރަސީގެ ހަރުދަނާކަމާއި، އިންޑިއާގެ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އިންސާނީ ހައްގުތަކުގެ ވަރުގަދަ ކަންކަމަށާއި އަދި މިކަންކަން ދުނިޔެ ބަލައިގެންފަ އޮތް މިންވަރު ކަމުގައެވެ.
2022 އިން 2024ގެ ނިޔަލަށް އިންޑިއާ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮޑިއަކަށް އިންތިޚާބު ވެގެން ދިޔައިރު، މިއީ އިންޑިއާ މި ކައުންސިލަށް އިންތިޚާބު ވެގެންދިޔަ 6 ވަނަ ފަހަރެވެ. މި ކައުންސިލަށް ގައުމުތަށް އިންތިޚާބު ކުރުމަށް އާންމު މަޖިލިހުގައި ބޭއްވުނު އިންތިޚާބުގައި 18 ގައުމެއް ވަނީ ހިއުމަންރައިޓްސް ކައުންސިލަށް އިންތިޚާބު ކޮށްފައެވެ.
މީގެތެރޭގައި، ކެމަރޫން، އެރިޓްރިއާ، ސޯމާލިއާ، ޤަތަރު، ޔޫއޭއީ، ލިތުއޭނިއާ، މޮންޓެނީގުރޯ، އާރޖެންޓީނާ، ހޮންޑިއުރާސް، ޕެރަގުއޭ، ފިންލޭންޑް، ލަގްސެމްބާރގް، އެމެރިކާ ހިމެނެއެވެ.
ކޮމެންޓު ފޮނުވާ