ފިލްމީ ތަރި މުއާ އެންސީއޭގެ ސިޔާސީ މަޤާމަކަށް

ފިލްމީ ތަރި މުއާ އެންސީއޭގެ ސިޔާސީ މަޤާމަކަށް

Author
މުޙައްމަދު ޝަޒައިމް
14 އޮކްޓޯބަރ 2021 11:28
0

ފިލްމީ ތަރި އަބްދުﷲ މުއާޒު (މުއާ) ނޭޝަނަލް ސެންޓަ ފޯދި އާޓްސް (އެންސީއޭ)ގެ ސިޔާސީ މަޤާމަކަސް ހަމަޖައްސަވައިފިއެވެ.

ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އެންސީއޭގެ ސިޔާސީ މަޤާމެއްގައި ހުރި މުއާ ހަމަޖައްސާފައިވަނީ އެންސީއޭގެ ސީނިއާ އެކްޒެކްޓިވް ޑިރެކްޓަރުގެ މަގާމަށެވެ. އެކްޒެކްޓިވް ފެންވަރުގެ ބޭފުޅުންނަށް މުސާރައަކީ 25،000 ރުފިޔާއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި މުއާ މަޤާމުން އިސްތިއުފާ ދިނީ 2017 ވަނައަހަރުގެ ތެރޭގައެވެ. އޭނާވަނީ ފަހުން ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމަށްވެސް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. އަދި އޭނާއަކީ ރައީސް ޞާލިހަށާއި، މިސަރުކަރަށް ވަރަށް ބޮޑަށް ތައުރީފް ކުރަމުންދާ މީހެކެވެ. ސޯޝަލް މީޑިއާގައިވެސް ސިޔާސީ ގޮތުން ރައީސް ޔާމީނަށް ތާއީދު ކުރައްވާ ފަރާތްތަކަށް ރައްދު ދެއްވުމާއި މިސަރުކާރަށް ފަހަކަށް އައިސް މުއާ ވަރަށް ބޮޑަށް ތައުރީފް ކޮށްފައިވެއެވެ.

އެ މަގާމަށް އޭނާ އައްޔަންކޮށްފައިވަނީ ކޮން ޕާޓީއެއްގެ ސްލޮޓެއްގައިކަން އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ. އޭނާ މި ވަގުތު ވަކި ޕާޓީއެއްގައި ހުރި ކަމެއް ވެސް ނޭނގެއެވެ. އާޓްސް މިނިސްޓްރީ އާއި، އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އޮފީސް އަދި މަރުކަޒު ހިމެނޭގޮތަށް ޖުމްލަ 11 މުއައްސަސާ ހިންގެވުމާއި ހަވާލުވެވަޑައިގެން މިވަގުތު ސިޔާސީ މަގާމުތަކުގައި 21 ބޭފުޅަކު އެބަ ތިއްބެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.