އެމްޓީސީސީން މިއަހަރުގެ "ހިނިތުންވުމާއެކު" ކެމްޕޭން އިފްތިތާޙުކޮށްފި

އެމްޓީސީސީން މިއަހަރުގެ "ހިނިތުންވުމާއެކު" ކެމްޕޭން އިފްތިތާޙުކޮށްފި

Author
މުޙައްމަދު ޝަޒައިމް
11 އޮކްޓޯބަރ 2021 11:06
0

މިއަހަރުގެ އޮކްޓޯބަރުމަހުގެ 4 އިން 8 އަކަށް ފާހަގަ ކުރުމަށް ހަމަޖެހިފައިވާ "ދުނިޔޭގެ ކަސްޓަމަރ ސަރވިސް" ހަފުތާއާއި ގުޅުވައިގެން އެމްޓީސީސީއިން މިއަހަރުގެ "ހިނިތުންވުމާއެކު" ކެމްޕޭން އިފްތިތާޙު ކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ މި ކެމްޕެއިންގެ އެންމެ ބޮޑު މަޤްސަދަކީ ކުންފުނީގެ މުއައްޒަފުންގެ މެދުގައި ކަސްޓަމަރ ސާރވިސްގެ މުހިއްމުކަމާއި މެދު ހޭލުންތެރިކަން އިތުރުކުރުމާއި ކުންފުނިން ޚިދުމަތް ލިބިގަންނަ އެންމެހާ ކަސްޓަމަރުންގެ ކަސްޓަމަރ އެކްސްޕީރިއެންސް މިހާރަށްވުރެ ރަނގަޅު ކުރުންކަމަށެވެ. އަދި ކުންފުނީގެ އުންމީދަކީ "ހިނިތުންވުމާއެކު" މި ކެމްޕެއިގެ ސަބަބުން އެމްޓީސީސީ ކަސްޓަމަރުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ ކަސްޓަމަރުން ކުންފުންޏަށް ކުރާ އިތުބާރު ބޮޑުވެގެން ދިއުމެވެ.

އެމްޓީސީސީގައި ބޭއްވުނު މިރަސްމިއްޔާތު އިފްތިތާހްކޮށްދެއްވީ ކުންފުނީގެ ޗީފް އޮޕްރޭޓިންގ އޮފިސަރ ޝާހިދު ޙުސައިން މޫސާއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އެމްޓީސީސީއަކީ މިޤައުމުގެ ތަފާތު އެކި ސިނާއަތްތަކުގައި ގިނަ ރައްޔިތުންތަކަކަށް ސީދާގޮތުން ޙިދުމަތްދެމުންދާ ކުންފުންޏެއްކަމަށާއި ކަސްޓަމަރުން ހިތްހަމަޖެހޭފަދަ ޚިދުމަތެއް ދިނުމަށް ކުންފުނީގެ ކޮންމެ މުއައްޒަފަކުވެސް ގަދައަޅާ މަސައްކަތް ކުރަންވާނެ ކަމަށެވެ. މި ކެމްޕެއިން ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ހުރިހާ މުވައްޒަފުންގެ ތަރުހީބާއި އެއްބާރުލުން ވަރަށް މުހިންމުކަމަށާއި ހުރިހާ މުވައްޒަފުންގެ އެއްބާރުލުން މިކެމްޕެއިނަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ގެސްޓް ސްޕީކަރސްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ކޯޕަރޭޓް ޓްރޭނިންގ އިންސްޓިޓިއުޓްގެ ފަރާތުން ޑރ. ޙުސައިން ސަނީ އުމަރާއި މުޙައްމަދު ޔަމާނީއެވެ. އެބޭފުޅުންގެ ވާހަކަފުޅުގައި ކަސްޓަމަރުންނަށް ދޭ ޚިދުމަތް ރަނގަޅު ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. "ހިނިތުންވުމާއެކު" ކެމްޕެއިން ފެށުމުގެ ގޮތުން 10 އޮކްޓޯބަރ 2021 އިން ފެށިގެން 28 އޮކްޓޯބަރ 2021 އާއި ހަމައަށް ބަހާލެވިގެން ކުންފުނީގެ ކަސްޓަމަރުންނަށް ވަރަށް ޙާއްސަ އެތައް ޙަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.