ކޮނޑޭގައި ޒަމަނީ ރީތި މިސްކިތެއް ޢިމާރަތްކުރުމަށް ބަޔަކާ ހަވާލުކޮށްފި

ކޮނޑޭގައި ޒަމަނީ ރީތި މިސްކިތެއް ޢިމާރަތްކުރުމަށް ބަޔަކާ ހަވާލުކޮށްފި

Author
މުޙައްމަދު ޖިމީ
10 އޮކްޓޯބަރ 2021 01:32
0

ގއ.ކޮނޑޭގައި މިސްކިތެއް ޢިމާރަތްކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

މިއަދު އިސްލާމިކް މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ކޮނޑޭގައި މިސްކިތެއް ޢިމާރަތްކުރުމަށް ހަވާލުކޮށްފައިވަނީ އަމޭން ކޮންސްތްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ހަވާލުކުރި މަސައްކެތެކެވެ.

މި މަޝްރޫޢުގެ ދަށުން ކޮނޑޭގައި ޒަމާނީ ރީތި މިސްކިތެއް ޢިމާރަތްކުރާނެއެވެ. އިސްލާމިކް މިނިސްޓްރީން ވަނީ އެ މިސްކިތުގެ ޑިޒައިންވެސް ޢާންމުކޮށްފައެވެ.

ކެނޑޭގައި މިސްކިތެއް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ، 4.3 މިލިއަން ރުފިޔާއަށެވެ. މިސްކިތް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ޢިމާރާތްކޮށް، މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސެއްޅި
އައްވާއި ވާރެއިން ރައްކާތެރި ކޮށް ފައިވާން އަދި ބޫޓު ބެހެއްޓޭނެ ތަނެއް ނުބަހައްޓާތި..އިބުރާހީމީ މިސްކިތް ގޮތަށް.